މިއިން ޢަލާމާތެއް އެބަހުރިތަ؟ ފުއްޕާމެއަށް ކެންސަރުޖެހުން ދުރުކޮށްދިނުމުގެ އިތުރަށް ފުއްޕާމޭގަ ހުންނަ ވިހަ ފިލުވައިލަދީ ދުޅަހެޔޮކޮށްދޭ ތައްޔާރުކޮށްލަން ވެސް ފަސޭހަ ބުއިމެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
މިއިން ޢަލާމާތެއް އެބަހުރިތަ؟ ފުއްޕާމެއަށް ކެންސަރުޖެހުން ދުރުކޮށްދިނުމުގެ އިތުރަށް ފުއްޕާމޭގަ ހުންނަ ވިހަ ފިލުވައިލަދީ ދުޅަހެޔޮކޮށްދޭ ތައްޔާރުކޮށްލަން ވެސް ފަސޭހަ ބުއިމެއް!

ފުއްޕާމޭގެ ތަފާތު މައްސަލަތައް އަންނަނީ ގިނަވަމުންނެވެ. ނޭވާކުރުވުމާއި، ނޭވާލާން އުނދަގޫވުމާއި ހިނގާލާއިރަށް ނޭވާކުރުވުމާއި ސިޑިއަކުން އަރައިލާއިރަށް ވަރުބަލިވުން ފަދަ އެތައް ކަމެއްގައި އުޅެންޖެހޭ މީހުން އަންނަނީ ގިނަވަމުންނެވެ. އެހެންކަމުން ބައްޔަށް ފަރުވާކުރުމުގެ އިތުރަށް މިފަދަ ކަމެއް ކުރިމަތިވަންދެން ބަލަން ނުތިބެ ފުއްޕާމެއަށް ދުޅަހެޔޮކަން ހޯދައިދޭން މިވަނީ މަސައްކަތްކުރަންޖެހިފައެވެ.  

އެހެންކަމުން މިގެނެސްދެނީވެސް ފައިދާހުރި ބުއިމެކެވެ. އެއްވެސް ރިސްކެއްވެސް ނެތެވެ. ބޭނުންކުރަންޖެހެނީ ފައިދާހުރިކަން ޔަޤީންކުރެވޭ 3 ބާވަތަެކެވެ.  

ކެއުމަށް އައިސްފައިވާ ނުރަނގަޅު ބަދަލުތަކާއި ދުންފަތުގެ އިސްތިޢްމާލްކުރުން ގިނަވެފައިވުމަކީ ފުއްޕާމޭގައި ތަފާތު ވިހަތައް ހަރުލައި މެއިގެ ބަލިތައް އިތުރުވާ ބައެއް ސަބަބުތަކެވެ. މިކަންކަމުގެ ސަބަބުން ކެންސަރު ޖެހުންވެސް ދަނީ އިތުރުވަމުންނެވެ.  

އެހެންކަމުން މިބުނެދެނީ ކެސަރުޖެހުމާއި މޭ ދުރުކޮށްދޭ އަދި މޭގައި ހަރުލާފައި ހުންނަ ވިހަ ފިލުވައި ފުއްޕާމެއަށް ދުޅަހެޔޮކަން ގެނެސްދޭ، ފަސޭހައިން ތައްޔާރުކޮށްލެވިދާނެ ބުއިމެކެވެ.  

ބޭނުންވާތަކެތި:  

ހެޔޮވަރުގެ 3 ކެރެޓް

ބައިޖޯޑު ލުނބޯހުތް

3 ސަމުސާ މާމުއި 

ތައްޔާރުކުރާނެ ގޮތް:  

ފުރަތަމަ އެއީ އޯގަނިކް ކެރެޓް ނޫންނަމަ ރަނގަޅަށް ކެރެޓް މަށައި ކޮށައިލާށެވެ. 1 ލިޓަރު ފެނިގައި 5 މިނިޓްވަންދެން ކައްކައިލާށެވެ. ކެއްކުމަށްފަހު އެތަނުން ކުޑަފެންފޮދެއް އަޅައި މިކްސަރަކުން ކެރެޓްތައް ހިމުންކޮށްލުމަށްފަހު ތަށްޓަކަށް އަޅާށެވެ.

3 ސަމުސާ އަޞްލު މާމުއި އަދި ބައިޖޯޑު ލުބޯހުތް އަޅައިއެއްކޮށްލުމަށްފަހު ފްރިޖްގައި ބަހައްޓައިގެން ދުވާލަކު މޭޒުމަތީ ސަމުސަލުގެ 5 ސަމުސާ ބޭނުންކުރާށެވެ.   

ފުއްޕާމޭގައި ހަރުލާފައި ހުންނަ ވިހަތައް ފިލުވައިދޭނެއެވެ. މެއަށް ދުޅަހެޔޮކަންވެސް ގެނެސްދޭނެއެވެ. އަދި ކެންސަރުޖެހުމާއިވެސް ދުރުކޮށްދޭނެއެވެ. އިން ޝާ ﷲ

 

މައުލޫމާތު: ޞިއްޙީ ޚަބަރު

މިއަދު އޮންލައިން