ހިތްވަރުކޮށްލައިގެންވެސް ފަތިސްނަމާދުން ދުވަސްފަށާނަމަ ލައްވަވާ ރަޙްމަތް އިން ޝާ ﷲ ބޮޑުތަނުން އިތުރުވާނެކަން ޝައްކުވެސް ނުކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ހިތްވަރުކޮށްލައިގެންވެސް ފަތިސްނަމާދުން
ދުވަސްފަށާނަމަ ލައްވަވާ ރަޙްމަތް އިން ޝާ ﷲ ބޮޑުތަނުން އިތުރުވާނެކަން ޝައްކުވެސް
ނުކުރާށެވެ!

އަޅުގަނޑުމެންނަށް ދުވަސް ފަށަން އަންގަވާފައިއޮތީ

ފަތިސްނަމާދުންނެވެ. އަދި ފަތިސްނަމާދުކުރަންވީ މެންދުރުނަމާދާއި އެއްކޮށްލައިގެނެއްވެސް ނޫނެވެ. ފަތިސްނަމާދުގެ ވަޤުތުގައި ފަތިސްނަމާދުކުރުމުންނެވެ. ސަބަބެއް ދިމާވެގެން ފަތިސްނަމާދުގެ ވަޤުތުގައި ނުހޭލެވިއްޖެނަމަ އޮތީ ހޭލެވުމާއިއެކު ފަތިސްނަމާދު ޤަޟާކުރުމެވެ. މޮޅު އިތުރުވެގެންވަނީ ފަތިސްނަމާދުގެ އިހުސުންނަތްވެސް ކޮށް ފަތިސްނަމާދުން ދުވަސް ފެށުމެވެ.

ފަތިސްނަމާދަކީ ފަރުޟް ނަމާދެކެވެ. ވީމާ ނުކޮށް ދޫކޮށެއް ނުލެވޭނެއެވެ. ކުރުން މަޖުބޫރުވާނެއެވެ. ފަތިސް ނަމާދުން ދުވަސް ފެށުމަކީ އެދުވަހު ކުރާ މަސައްކަތުގައި ބަރަކާތް ލައްވަވާ ކަމެކެވެ. އަދި ފަތިސް ނަމާދުކުރުމަކީ އެމީހަކަށް ރައްކައުތެރިކަން ﷲ ތަޢާލާ ދެއްވަވާ ކަމެކެވެ. އެހެންކަމާއިއެކުވެސް ފަތިސްނަމާދުކުރާ މީހުން މަދުވާކަމީ ހިތާމަހުރި ކަމެކެވެ.

ވިސްނައިލާށެވެ! ފަތިސްވަޤުތުގައި ބަރަކާތް ލެއްވެވުން އެދިވަޑައިގެން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ދުޢާކުރައްވަވައިފައެވެ. އިތުރު ޞާޙިބާ ކުރައްވަވާ ދުޢާއެއް ޢިޖާބަ ނުކުރައްވަވައި ދޫކޮށް ނުލައްވަވާނެތެވެ. ވީމާ ޔަޤީންކުރަންވީ ފަތިސްވަޤުތަކީ ބަރަކާތް ލެއްވެވިގެންވާ ވަޤުތެއް ކަމެވެ.

ފަތިސްނަމާދުގެ ވަޤުތުގައި ފަތިސްނަމާދުކޮށް އެމީހަކު ބޭނުންވާ ކަމަކަށް އެދިގެން ދުޢާކުރާށެވެ. ރިޒުޤް ތަނަވަސްކޮށްދެއްވަވާނެތެވެ. އެދުވަހު ކުރަންހުރި ކަންކަން ކާމިޔާބުވުމަށް މަގުދައްކަވާނެތެވެ. ހިތަށް އަލިކަން އިތުރުކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

 

 

 

 

 

 

 

 

މިއަދު އޮންލައިން