ދިރިއުޅުމަށް އަންނަމުންދާ ބަދަލުތަކާއެކު ޖެހިގެން 10 މިނިޓުން ހިނގާފައިދެވޭ ގެއަކަށް ގޮސްލަން ނަމަވެސް ހިނގާލުމުގެ ބަދަލުގައި ސައިކަލުގަ ދިއުން މިވަނީ އާދައަކަށްވެފައެވެ. އެހެންވެ އެކުވެރިބުނި ވާހަކައެއް ބުނެލާނަމެވެ. "އެގެއަށް ގޮސް ސައިކަލް ޕާކުކުރާނެ ޖާގައެއް ނުލިބިގެން ހޯދަމުންގޮސް ލިބުނު ޖާގައިގަ ޕާކުކޮށްފައި ހިނގަންޖެހުނު ސަރަޙައްދު ގެއިން އެގެއަށް ހިނގަންޖެހޭނެ ސަރަޙައްދަށްވުރެ މާދުރެވެ."
ހިނގުމާއިބެހޭގޮތުން މިކަންކަން އެނގިލައްވާތޯއެވެ؟
ގިނަ ހެކިތަކުން އެނގެނީ ހިނގާލުމުން ހިތުގެ ސިއްހަތަށް ލިބޭ ފައިދާތައް ބޮޑުވާކަމެވެ. ތިމާއަށް ފަސޭހަ ކޮންމެ ވަޤުތަކުވެސް ހިނގުމުން ފައިދާކުރާނެ ކަމަށެވެ.
ހަގީގަތުގައި ހަފްތާއަކު ތިން ފަހަރު، ކޮންމެ ފަހަރަކު 20 މިނެޓް ވަންދެން ހިނގުމުން ލޭގެ ޕްރެޝަރު ވަރަށް ބޮޑަށް ދަށްވާކަން ވަނީ ފާހަގަކުރެވިފައެވެ.
ހިނގާބިނގާވެ އުޅުމަކީ ކޮލެސްޓްރޯލްގެ މިންވަރަށް ވެސް ހެޔޮ އަސަރުތަކެއް ކުރާނެ ކަމެކެވެ. ހާއްސަކޮށް ބަރުދަން އިތުރު ނުވަތަ ފަލަ މީހުންނަށް އެއީ ވަރަށް މުހިންމު ކަމެކެވެ. އަދި ހިނގުމަކީ ލޭހޮޅިތަކުގައި ތަތްވާ "ނުބައި" ލޯ ޑެންސިޓީ ލިޕޯޕްރޮޓީން (އެލްޑީއެލް) ކޮލެސްޓްރޯލް ވަރަށް ބޮޑަށް ރަނގަޅު ކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް ދިރާސާތަކުން ދައްކައެވެ. ފަލަ މީހުންނަށްވެސް މި ފައިދާތައް ހޯދޭނެ ކަމަށާއި، އަދި ޓްރައިގްލިސެރައިޑްސް ނުވަތަ ލޭހޮޅިތައް ތަތްވެދާނެ ސަރުބީ މަދުވާނެކަންވެސް ވަނީ އެނގިފައެވެ.
"އާންމުކޮށް ހިނގައި އުޅޭނަމަ ހާޓް އެޓޭކް ޖެހުމަށް މެދުވެރިވާ ޕްލެކް ބިލްޑްއަޕް އިން ހިތުގެ ލޭހޮޅިތައް ސާފުކޮށްދިނުމަށް އެހީތެރިވެދެއެވެ.
- މަޢުލޫމާތު: ޞިއްޙީ ޚަބަރު