ހަމުގަ ރޫގިނަވެ ޒުވާން ސިފަ ގެއްލޭކަމަށް ދައްކާނަމަ ރޫތައް ފިލައި ޒުވާންކޮށްދޭ ޖޫސް!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
ހަމުގަ ރޫގިނަވެ ޒުވާން ސިފަ ގެއްލޭކަމަށް ދައްކާނަމަ ރޫތައް ފިލައި ޒުވާންކޮށްދޭ ޖޫސް!

ޢުމުރަށްވުރެ މުސްކުޅިކަމަށް ފެންނަ ސަބަބުތަކުގެ ތެރޭގައި ޒުވާން ޢުމުރުގައިވެސް ހަމުގައި ރޫޖެހުން ހިމެނެއެވެ. ޚާއްޞަކޮށް މޫނާއި ކަރާއި އަތުގެ ހަމުގަ ރޫޖެހޭނަމަ އެކަން ބޮޑުވެއެވެ. އެއީ ޢާންމުކޮށް ފެންނާނެ ތަންތަން ކަމަށްވާތީއެވެ.  

މިހާރު ވަނީ އެކަމަށް ޚާއްޞަ ބުއިމެއް ތަޖުރިބާ ކުރެވިފައެވެ.  

ބޭނުންވާ ތަކެތި: 

ފަޅޯ ފަޅިއެއް

1 ޖޯޑު ސްޓޯބަރީ.  ކޮޅު ކަނޑާ ސާފުކޮށްފަ

ހެޔޮވަރު ކާށްޓެއްގެ ފެން

1 ގްރޭޕް ފްރުޓްގެ ހުތް/ދިޔަ

1 ވައް ދޮންކެޔޮ  

ތައްޔާރުކުރައްވާނެ ގޮތް: 

ހެޔޮވަރު ކުޑަ ފަޅޮލެއްގެ ފަޅިއަކުން ތޮށިމަށާލައި އޮށްތައް ނެގުމަށްފަހު ކޮށައިލާށެވެ. ދޮންކެޔޮވައް ވެސް ތޮށި ނުޅުމަށްފަހު ބުރިބުރިކޮށްލާށެވެ. ސްޓޯބަރީ އާއިއެކު މިކްސަރަކަށް 3 ބާވަތް އަޅައިލުމަށްފަހު ގްރޭޕް ފުރުޓުގެ ދިޔަ އާއި ކާށިފެން އަޅައި މިކްސަރުން ގިރައިލާށެވެ. އެހެރީ ޖޫސް ތައްޔާރުވެފައެވެ.  

ބޭނުން ވަގުތަކު ބޭނުންކުރާށެވެ. ނަމަވެސް އެވަގުތު އެހެން ކާތަކެތި ނުކައި ޖޫސް އެކަނި ގޮހޮރުގައި ހުރުމަށް ވަޤުތުކޮޅަކަށް ފުރުޞަތުދޭށެވެ.  

ހަންގަނޑަށް ތާޒާކަން ލިބި ޒުވާންކަން އިތުރުވާންފަށާނެއެވެ. ގިނަ ގޮތްގޮތުން ހަށިގަނޑަށް ފައިދާކުރާނެއެވެ. ޙަޖަމްވުންވެސް ރަނގަޅުކޮށްދޭނެއެވެ. އިން ޝާ ﷲ

 

- މަޢުލޫމާތު: ޞިއްޙީ ޚަބަރު

 

 

މިއަދު އޮންލައިން