ބަނޑު ބޮޑުވާ ސަބަބަކީ ހަމައެކަނި މަސްޖެހުމެއް ނޫނެވެ. ބަނޑުގައި ޖަހާ ސަރުބީތަކެވެ. އެއިރުން ބަނޑުލުމެވެ ވެސް ކިޔައެވެ. އެކަކުވެސް ބަނޑުލާކަށް ބޭނުމެއް ނުވާނެއެވެ. ސިފަ ރީތިކުރަން ބޭނުންވާނެއެވެ. އެހެންވެ މިގެނެސްދެނީ ފަސޭހައިން ތައްޔާރުކޮށްލެވޭނެ ރަހަވެސް މީރު ބުއިމެކެވެ.
ބޭނުންވާ ތަކެތި:
2 ރަތް އާފަލު
2 އޮރެންޖް/މެންޑަރިން
އިނގުރުކޮޅެއް
ލޮނުމިދެއް
ތައްޔާރުކުރާނެ ގޮތް:
އާފަލު ދޮވެފަ ކޮށާލާށެވެ! އޮރެންޖް ނޮޅާފަ ކޮށާލާށެވެ. އިނގުރުކޮޅުވެސް ކޮށާލާށެވެ! ލުނބޯހުތާއި ލޮނުމިދާއިއެކު މިކްސަރަކުން ގިރައިލާށެވެ.
ފްރިޖްގައި ބަހައްޓައިގެން ކޮންމެ ދުވަހަކު ހެނދުނު ތަށްޓެއް ބޯށެވެ. އެދުވަހަކަށް ބޭނުންވާ ވަރަށް ތައްޔާރުކޮށްގެންވެސް ބޭނުންކުރެވިދާނެއެވެ. އެންމެ ރަނގަޅު ގޮތަކީވެސް އެއީއެވެ.
ތަޖުރިބާއިން އެނގެނީ ގިނަ ބައަކަށް 7 ދުވަސްތެރޭ ތަފާތު ފެންނަން ފަށާކަމެވެ. 15 ވަރަކަށް ދުވަސްތެރޭ އެނގުންވާވަރަށް ތަފާތު ފެންނަކަމެވެ.
މަޢުލޫމާތު: ޞިއްޙީ ޚަބަރު