ކޮންމެ މީހަކުވެސް އެމީހެއްގެ އިސްތަށިގަނޑުދެކެ ވަރަށް ބޮޑަށް ލޯބިވާނެއެވެ. އަންހެނުން ވަކިން ބޮދަށް ލޯބިވާނެއެވެ. އިސްތަށިފައިބާނަމަ ވަރަށް ދެރަވާނެއެވެ. ލަދުވެސް ގަންނާނެއެވެ. އެހެންކަމުން މިގެނެސްދެނީ ތަޖުރިބާކޮށްލަން ވަރަށް ފައިދާހުރި ފަރުވާއެކެވެ.
ބޭނުންވާ ތަކެތި:
ބޮޑު 1 ފިޔާ
4 މޭޒުމަތީ ސަމުސާ ހަނޑޫ
2 ޖޯޑުފެން
ތައްޔާރުކުރާނެ ގޮތް:
ފިޔާ ކޮށާލައި ފިޔައާއި ހަނޑޫ ފެނަށް އަޅައި 15 މިނިޓްވަންދެން މަޑުގިނީގައި ކެއްކުމަށްފަހު ފުރާނައިލާށެވެ. ފެންފޮދު ސްޕްރޭ ފުޅިއަކަށް ޢަޅާށެވެ.
ޝޭމްޕޫ ލައިގެން ބޯ ރަނގަޅަށް ދޮވެލާށެވެ! އެއަށްފަހު އަތްތިލައިގެ ދެފުށަށް ފެން ރަނގަޅަށް ސްޕްރޭކުރުމަށްފަހު އިސްތަށިތަކުގެ ބުޑާއިއެކު ރަނގަޅަށް ފެން ޖައްސާފައި ރަނގަޅަށް ހިކެންދެން ބަހައްޓާށެވެ.
ހަފްތާއަކު 2، 3 ފަހަރު މިގޮތަށް ކަންތައްކުރުމުން އިސްތަށިގަނޑަށް ވަރުގަދަކަން ލިބެންފަށާނެއެވެ. އިސްތަށި ފޭބުން މަދުވެ ފޭބުން ހުއްޓިދާނެއެވެ. އިން ޝާ ﷲ
- މައުލޫމާތު: ޞިއްޙީ ޚަބަރު