ސިއުޒާ
އޮރެންޖު ޓީ: އިމިޔުން ސިސްޓަމް ވަރުގަދަކޮށް ލޭހިނގުން ރަނގަޅުކުރުމާއި އަދި ކަރުގެ ރިހުމާއި ކަރުހިރުވުން ފަދަ ކަންކަމަށް މިއީ ވަރަށް ރަނގަޅު ބުއިމެކެވެ.
ބޭނުންވާނެ ތަކެތި:
· 1 އޮރެންޖު (ތޮށި މަށާލާފަ)
· 1 ލުނބޯ
· އިނގުރު ކޮޅެއް
· ރީނދޫ ކޮޅެއް
· ފޮނިތޮށި ކޮޅެއް
· އަސޭމިރުސް ކޮޅެއް
· މާމުއި (އެކަށީގެންވާވަރަކަށް)
ހުރިހާ އެއްޗެއް އެއްކޮށް މިކްސަރަށް އަޅާލުމަށް ފަހު ރަނގަޅަށް ގިރާލާށެވެ. ރަނގަޅަށް ހިމުންކޮށް ގިރާލެވުމުން، އައިސްކިޔުބް ހަދާ ޓްރޭއަކަށް އަޅާލާށެވެ. އަދި ފްރީޒް ކޮށްލާށެވެ.
ތާފަނާކަން ހުންނަވަރުގެ ހޫނު ފެން ތައްޓަކަށް މީގެން ކިޔުބެއް ލުމަށްފަހު ރަނގަޅަށް ގިރާލައިގެން ސައިގެ ގޮތުގައި ބޯށެވެ. ފަރުވާއަކަށްވާނެއެވެ. އިން ޝާ ﷲ
- މަޢުލުމާތު: ޞިއްޙީ ޚަބަރު