ރޯގާތަކުން ސަލާމަތްނުވެވެނީހެއްޔެވެ؟ މިއީ ތައްޔާރުކޮށްލަން ފަސޭހަ، ދަރިންނަށްވެސް ދެވިދާނެ ފަރުވާއެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 57ސ
ރޯގާތަކުން ސަލާމަތްނުވެވެނީހެއްޔެވެ؟ މިއީ ތައްޔާރުކޮށްލަން ފަސޭހަ، ދަރިންނަށްވެސް ދެވިދާނެ ފަރުވާއެއް!

ތަންކޮޅެއް ކުރިން އަރިދަފުސް ރޯގާ ފެތުރިގެންދަނީ ވަކި ދުވަސްވަރެއްގައެވެ. ނަމަވެސް މިހާރަކަށް އައިސް އަރިދަފުސް ރޯގާ ޢާންމުނުވާ ދުވަސްވަރެއް ނެތްކަމަށް ބުނެވިދާނެއެވެ. ވީމާ އަބަދު ޑޮކްޓަރީބޭސް ކާނަމަ ބޭހަށް ހޭނުން ފަދަ މައްސަލަތައް ކުރިމަތިވާނެއެވެ. އެހެންކަމުން ޙަކީމީ ބޭހަށާއި ފަރުވާ ލިބޭ ބުއިންތައް ބުއިމަށް މިވަނީ ސަމާލުކަން އިތުރުކުރަން ޖެހިފައެވެ.  

ތިރީގައިވާ ފަރުވާ ތަޖުރިބާކޮށްލެއްވުން ކީއްތޯއެވެ؟  

ބޭނުންވާތަކެތި: 

1 ލޮނުމިދު

2 އިންޗި ހުންނަވަރުގެ އިނގުރުކޮޅެއް

1 ސައިސަމުސާ އަސްލު މާމުއި

ލުނބޯކިބައެއްގެ ހުތް 

ތައްޔާރުކުރާނެ ގޮތް:  

ލޮނުމިދާއި އިނގުރުކޮޅު ތުނިކޮށް ގާނައިލާށެވެ. އަދި ރަނގަޅަށް ދެބާވަރް އެއްކޮށްލުމަށްފަހު މާމުއި ސަމުސާ އަޅައިލާށެވެ. އެއިގެ ތެރެއަށް ލުނބޯހުތް އަޅައި އެއްކޮށްލާށެވެ.  

3 އިރު ނުވަތަ 2 އިރު ސައިސަމުސަލެއްގެ އެއްޗެތި ބޭނުންކުރާށެވެ. ނިދަމުން ބޭނުންކުރުން ވަރަށް މުހިންމެވެ.  

މޭސާފުކޮށްދޭނެއެވެ. އަރިދަފުސް ފިލައި ނޭފަތުން ފޭބުންވެސް ހުއްޓޭނެއެވެ. އަރިދަފުސް ރޯގާގެ ސަބަބުން ހުން އައުމުންވެސް ސަލާމަތްވެވޭނެއެވެ. އިން ޝާ ﷲ  

މިއީ ކުޑަކުދިންނަށްވެސް ދެވިދާނެ ފަރުވާއެކެވެ. އުމުރާއި ގުޅޭގޮތަށް އަދަދު މަދުކޮށްގެންދޭށެވެ. ޝިފާ ލިބޭނެއެވެ! އިން ޝާ ﷲ

 

 

މިއަދު އޮންލައިން