ހަކުރުބަލީގެ ޢަލާމާތްތަކުގެ ތެރެއިން ގިނަބައަކަށް އެންމެ ފާހަގަނުކުރެވޭ ދެޢަލާމާތަކީ ގިނައިން ފޮނި އެއްޗެތި ކާހިތްވުމާއި ގައިކެހުމެވެ. އަދި ގައިގެ އެކި ތަންތަނުގައި ރިއްސުމަކީވެސް ހަކުރުބަލީގެ ޢަލާމާތެކެވެ.
ކުރިން ބުނިހެން މިކަންކަން ކަމަށް ވިސްނައި ހަކުރުބައްޔަށް ޓެސްޓްކުރަނީ މަދުމީހެކެވެ. ގިނަ ބައަކަށް ކަންބޮޑުވެވެނީ ގިނައިން ކުޑަކަމުދެވޭނަމައެވެ. ނިދަން އޮވެފައިވެސް ކުޑަކަމުދާން ބޭނުންވެގެން ހޭލެވޭނަމައެވެ.
އަދިވެސް އެއްކަމެއް ބުނެލާނަމެވެ. ނިދަން މައްސަލަތައް ކުރިމަތިވާނަމަވެސް ހަކުރު ޓެސްޓްކުރާށެވެ. އެއީ ކުރަން އެހައި އުނދަގޫ ކަމެއްވެސް ނޫނެވެ. ގޭގައި އަމިއްލައަށްވެސް ކުރެވެން އޮތް ކަމެކެވެ.
ހަކުރުބަލީގެ މައްސަލަ ބޮޑުވެގެންދަނީ ޢަލާމާތްތައް ފެނުމުން އެކަން ނުވިސްނި ހަކުރަށް ޓެސްޓްނުކުރެވޭތީއެވެ. ބަލިހުރިކަން އަވަހަށް ދެނެގަނެވިއްޖެނަމަ ހަކުރުބަލިން ސަލާމަތްވުމަކީ މިހާރު ކުރަން އެހައި އުނދަގޫ ކަމެއް ނޫނެވެ.
- މަޢުލޫމާތު: ޞިއްޙީ ޚަބަރު