ބޭނުންވާތަކެތި:
7 ފޮތި އިނގުރު (ފަލަ އިނގުރު ކޮޅަކުން މެދުމިނުގަ ކޮށާފަހުރި)
ޖޯޑެއްގެ ހަތަރުބައިކުޅަ އެއްބައި ލުނބޯ ހުތް
ދޮޅު ލިޓަރު ފެން
ތައްޔާރުކުރާނެ ގޮތް:
ފުރަތަމަ ކަމަކަށް ފެންފޮދު 10 މިނިޓް ވަންދެން ކައްކާށެވެ. އިނގުރުކޮޅު އަޅާލައި 15 ވަރަކަށް މިނިޓްވަންދެން މަޑުގިނީގައި ކައްކާލުމަށްފަހު ބާލައި ފެންފޮދު ހިހޫކޮށްލުމަށްފަހު ފުރާނާލައި އެއިގެ ތެރެއަށް ލުބޯހުތް އަޅައި ސަމުސަލަކުން ރަނގަޅަށް އެއްކޮށްލާށެވެ. ބުއިން އެހެރީ ތައްޔާރުވެފައެވެ.
ލިބޭނެ ފައިދާތައް:
ބަނޑާއި ފައިގެ ފަލަމަސްގަނޑާ ފޫކޮޅުގެ މަސްގަނޑުން ސަރުބީވިރުން، ހުޅުތަކުގައި ރިއްސުމުން ސަލާމަތްވުން، ކޮލޮސްޓްރޯލް ލެވެވެލް މަތިނުވުން، ލޭމައްޗަށް ދިއުން ކޮންޓްރޯލްކުރަން އެހީތެރިވުން، ވައިގެ ސަބަބުން ހުޅުތަކުގައި ރިއްސުމުން ސަލާމަތްވުން، ކެންސަރު ޖެހޭ ބައެއް މާއްދާތައް ހަށިގަނޑުން ނައްތައިލުން ހިމެނެއެވެ. އިން ޝާ ﷲ
ބޭނުންކުރާނީ ހެނދުނު ސައިބުއިމުގެކުރިންނާ ރޭގަނޑު ކެއުމުގެ ކުރިން ތަށްޓެއްގެ ފެނެވެ.
- މަޢުލޫމާތު: ޞިއްޙީ ޚަބަރު