މިހާރަކަށް އައިސް ކޮންމެވެސް މިންވަރެއްގެ ބަނޑެއް ނެތް މީހަކު މަދުވާނެއެވެ. ގިނަމީހުންގެ ބަނޑުލަނީ ސަރުބީ ގިނަވުމުންނެވެ. އެހެންވެ މިގެނެސްދެނީ ސަރުބީތައް ވިރުވާލަން ބޭނުންކުރެވިދާނެ އަދި ކުޑަ ޚަރަދަކުން ތައްޔާރުކޮށްލެވޭނެ ބުއިމެކެވެ.
ފުރަތަމަ ރިސިޕި:
ބޭނުންވާ ތަކެތި:
ހެޔޮވަރުގެ ބައްޓެއް
ރަތް އާފަލެއް
1 ލެމަން
ތައްޔާރުކުރާނެ ގޮތް:
ބައްޓާއި އާފަލު މަށާލުމަށްފަހު ގާނައިލާށެވެ. އެއިގެ ތެރެއަށް ލެމަންގެ ހުތް ފެލައިލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ! ބަށި ހުހަށް ކާން އުނދަގޫނަމަ ބޭނުން ގޮތަކަށް ރޯފިލުވައިލާށެވެ! ފައިދާ ބޮޑުވާނީ ތެލާއި ނުލައި ރޯފިލުވީމައެވެ. އެކަމަކު ރޯފިލުވުމަކީ ފައިދާއިން އުނިވާކަމެކެވެ.
ބޭނުންކުރާނެ ގޮތް:
އެތިކޮޅު 3 ބައަށް ބަހައިލާށެވެ! ކެއުމުގެ ކުރިން ބައެއް ކައިލާށެވެ!
ބަށި ބޭނުންކޮށްގެން ބުއިމެއްވެސް ތައްޔާރުކުރެވިދާނެއެވެ.
ބޭނުންވާތަކެތި:
1 ބަށި
1 ލެމަން
ތައްޔާރުކުރާނެ ގޮތް:
ބަށިކޮށައިލާފައި ޖަގަކަށް އަޅައިލާށެވެ. އެއިގެ ތެރެއަށް ލެމަންގެ ހުތްވެސް އަޅައިލާށެވެ. ދެން ބައިލިޓަރު ހޫނުފެން އަޅައި މަތިޖަހައި ބަންދުކުރާށެވެ.
ރަނގަޅަށް ހިހޫވަންދެން ބަހައްޓާފައި ފެންފޮދު ފުރާނައިލާށެވެ!
ބޭނުންކުރާނެ ގޮތް:
ފެންފޮދު ދެބައަށް ބަހާލައި ކެއުމުގެ އިރުކޮޅެއް ކުރިން ބޮއިލާށެވެ!
ވަރަށްއަވަހަށް ސަރުބީތައް ވިރެންފަށައި ހަށިގަނޑު ލުއިވާން ފަށާނެއެވެ. މަހެއްހައި ދުވަހުގެ ތެރޭގައި މަޤްޞަދު ޙާޞިލުކުރެވޭކަން ވަނީ ތަޖުރިބާއިން އެނގިފައެވެ. އިން ޝާ ﷲ