ކަންކަން ފަސޭހައިން ނެތުމުގެ މައްސަލަ ކުރިމަތިވާ މީހުން ވަރަށް ގިނައެވެ. އެކަމަށް ތމެދުވެރިވާ ސަބަބުތައްވެސް ތަފާތެވެ. ބުނެލަދޭން މިއުޅެނީ އެކަމަށް އެހީތެރިވެދޭނެ 2 ޖޫހެކެވެ.
އާފަލުން ތައްޔާރުކުރާ ޖޫސް:
ބޭނުންވާ ތަކެތި:
2 ރަތް އާފަލު
ދިގު ކެރެޓެއް ނަމަ އެއް ބުރި
3 އާމަންޑް
3 ހޭޒްލްނަޓް
200 އެމްއެލް ފެން
ތައްޔާރުކުރާނެ ގޮތް:
2 އާފަލު އެތެރެ ނެގުމަށްފަހު ކޮށައިލާށެވެ. ކެރެޓް މެށުމަށްފަހު ކޮށައިލާށެވެ. މިކްސަރަށް 200 އެމްއެލް ފެން އަޅައި އާފަލާ ކެރެޓާ އާމަންޑާ އަދި ހެޒްލްނަޓާއިއެކު ރަނގަޅަށް ގިރައިލާށެވެ. ޖޫސް އެހެރީ ތައްޔާރުވެފައެވެ.
ކުރުނބާ ޖޫސް:
ބޭނުންވާތަކެތި:
1 ވައް ދޮންކެޔޮ (ދިގު) ބޮންތިރަތްކެޔޮނަމަ ރަނގަލު ސައިޒުގެ 2 ވައް
1 ތަށި ކުރުނބާ ފެން
5 އާމަންޑް
ތައްޔާރުކުރާނެ ގޮތް:
ދޮންކެޔޮވަކުގެ ތޮށި ނޮޅައި ކޮށާލުމަށްފަހު 3 ބާވަތް އެކުގައި މިކްސަރަކަށް އަޅައި ރަނގަޅަށް ގިރައިލާށެވެ. ޖޫސް އެހެރީ ތައްޔާރުވެފައެވެ.
ފަސޭހައިން ހަނދާން ނެތުމަކީ ގިނަބައަކަށް ކުރިމަތިވަމުން އަންނަ ކަމެކެވެ. އެއީ ފަރުވާކުރަންޖެހޭ ކަމެކެވެ. އަޅާނުލައި ދޫކޮށްލުމުން ބަލި އިތުރަށް ބޮޑުވެއެވެ. މި 2 ޖޫހަކީވެސް ހަނދާން ނެތޭ މީހުންނަށް ޝިފާ ލިބޭ ބުއިމެއްކަން ތަޖުރިބާއިން ވަނީ ހާމަވެފައެވެ.
- މަޢުލޫމާތު: ޞިއްޙީ ޚަބަރު