ލޮލުގެ ފުސްކަން ނައްތައިލަދޭ ބުއިމެއް!

ކިޔުމަށް ހޭދަވާނީ 55ސ
ލޮލުގެ ފުސްކަން ނައްތައިލަދޭ ބުއިމެއް!

- ސިއުޒާ

 

ލުނބޯ އާއި މާމުއި: 

މި ރެސިޕީ ބޭނުން ކޮށްލުމުން ލޮލުގެ ފުސްކަން މުޅިން ނައްތާ ލެވޭނެއެވެ. 

ބޭނުންވާނެ ތަކެތި:·     

2 ލުނބޮ

·      2 ލޮނުމެދު

·      މާމުއި

·      3 މޭޒުމަތީ ސަމުސާ އޮލިވްއޮއިލް 

ލުނބޯ ކުދިކުދި ކޮށް ކޮށާލާށެވެ. ލޮނުމެދު ޗަސް ކޮށްލާށެވެ. ހައިޕަރ ޓެންޝަން ފަދަ ބަލިތަކުގެ ސަބަބުން ލޮލުގެ ފެނުމަށް އަސަރު ކުރެއެވެ. ލޮނުމެދަކީ މިފަދަ ލޮލަށް ދިމާވާ އެކިއެކި މައްސަލަތަކަށް ރަނގަޅު އެއްޗެކެވެ.  

ލުނބޯ އާއި ލޮނުމެދުކޮޅު މަތި ޖެހި ތައްޓަކަށް އަޅާލާށެވެ. އަދި ތަށި ފުރެންދެން މާމުއި އަޅާށެވެ. އެއަށްފަހު 3 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް އަޅާލުމަށް ފަހު ރަނގަޅަށް މިކްސަރަކުން އެއްކޮށްލާށެވެ. 

މި ބޭނުން ކުރާނެ ގޮތަކީ، ކޮންމެ ދުވަހެއްގެ ހެނދުނު ނިދާ ހޭލުމަށްފަހު މީގެ ސަމުސަލެއް ބޯލާށެވެ. މިގޮތަށް މަސްދުވަސް ވަންދެން މި ބޭނުން ކުރުމުން ފާހަގަ ކުރެވޭ ވަރުގެ ކުރިއެރުމެއް ލޮލުގެ ފެނުމަށް އައިސްފައިވާކަން ފާހަގަ ކުރެވޭނެއެވެ.

 

- މަޢުލޫމާތު: ޞިއްޙީ ޚަބަރު

މިއަދު އޮންލައިން