"އަޅުގަނޑުގެ މަންމަ ކޮލޮސްޓްރޯލަށް ބޭސްކާތާ އެތައް އަހަރެއް ވެއްޖެއެވެ. ޑޮކްޓަރުން ބުނަނީ ކޮންޓްރޯލް ކަމަށެވެ. އެކަމަކު ބޭސްކެއުން ހުއްޓައިލުމަކީ ރިސްކެއް ކަމަށެވެ."
މިގެނެސްދެނީ މިޙާލަތުގައި އެހީތެރިކަން ހޯދިދާނެ ފަރުވާއެކެވެ. ނަމަވެސް ބޭސްކެއުން ހުއްޓާލަންވާނީ ޑޮކްޓަރުންގެ އިރުޝާދާއި އެއްގޮތަށެވެ.
އެއްވެސް ބައްޔަކަށް މާގިނަ ދުވަހު ބޭސްކާނަމަ ތަފާތު މައްސަލަތައް ކުރިމަތިވެއެވެ. ކޮލޮސްޓްރޯލް މަތިވުމަކީވެސް ދިގު މުއްދަތަށް ބޭސްކާން ޖެހޭ ކަމެކެވެ. އެހެންކަމުން ދިގުމުއްދަތަކަށް ބޭސްކާން ޖެހުމުން ލިބޭ ގެއްލުންތައް ލިބޭކަމެކެވެ.
މިއީ ކޮލޮސްޓްރޯލް ބައްޔަށް ދިގުމުއްދަތަކަށް ބޭސްކެއުން ހުއްޓާލުމަށް އެހީތެރިވެދޭނެ ރިސިޕީއެކެވެ.
ބޭނުންވާ ތަކެތި:
2 ލޮނުމިދު
1 ރަތް އާފަލު
500 އެމްއެލް ފެން
ތައްޔާރުކުރާނެ ގޮތް:
ފުރަތަމަ ލޮނުމިދު ވަރަށް ކުދިކޮށް ކޮށާލާށެވެ. ދެން އާފަލުގެ އޮށާއި އތެރޭ ހަރުބައި ނަގައި ބުރިބުރިބުރިކޮށްލާށެވެ. އެއަށްފަހު ފެންއަޅައި 10 މިނިޓްވަންދެން އާދައިގެ ކެއްކުމެއްވަރަށް ގަދަ އަލިފާނުގައި ކައްކާފައި މަތިޖަހައި ހިހޫވަންދެން ބަހައްޓާށެވެ.
މިކްސަރަކަށް އަޅައި ގިރައިލާށެވެ. ލޮނުމިދު ރަހަ ހުރުމުން ބޯން އުނދަގޫނަމަ އަސްލު މާމުއި ސަމުސަލެއް އަޅައި އެއްކޮށްލާށެވެ. ދުވާލަކު މަދުވެގެން 200 އެމްއެލް ބޯށެވެ. މިބުއިމަކީ ހަމައެކަނި ކޮލޮސްޓްރޯލް މަދުކުރަން އެހީތެރިވެދޭނެ ބުއިމެއް ނޫނެވެ. ލޭހިނގުމާއި އެހެންވެސް ގިނަ ކަންތައްތަކަށް ފައިދާކުރާނެ ބުއިމެކެވެ. އިން ޝާ ﷲ
- މަޢުލޫމާތު: ޞިއްޙީ ޚަބަރު