ޢިބްރަތްތެރި ވާހަކަ: ތެދުވެރި ލޯބިވެރިޔާ ބާކީކޮށްލައި ތަނަވަސް މީހަކާއި ގުޅުނު އަންހެނަކަށް ޖެހުނު ޙާލުގެ ވާހަކަ އޭނާގެ ދުލުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ޢިބްރަތްތެރި ވާހަކަ: ތެދުވެރި ލޯބިވެރިޔާ ބާކީކޮށްލައި ތަނަވަސް މީހަކާއި ގުޅުނު އަންހެނަކަށް ޖެހުނު ޙާލުގެ ވާހަކަ އޭނާގެ ދުލުން-

އަހުރެން ދެކެވެސް ފިރިހެނަކު ވަރަށް ލޯބިވިއެވެ. ނަމަވެސް އޭނާއަކީ ވަރަށް އާދައިގެ މަސައްކަތެއްކުރާ މުވައްޒިފަކަށްވެފައި ލިބޭ އާމްދަނީ މަދުކަމުން އަހުރެންނަށް ބޭނުންވާ ކަންކަން އޮންނަނީ ކޮށްނުދެވިފައެވެ. އެކަމުގެ ކަންބޮޑުވުމުގައި ހުއްޓައި ތަނަވަސް ފިރިހެނަކާއި ބައްދަލުވުމުން ލޯބިވެރިޔާ ވަޤުތުން ބަދަލުކޮށްލީމެވެ.  

އެކަން ލޯބިވެރިޔާއަށް އެނގުނު ދުވަހު ވަރަށް ދެރަވެފައި ވާހަކަދެއްކިއެވެ. ހުރިހާ އެއްޗަކީ ފައިސާ ނޫންކަމަށް ބުންޏެވެ. އަހުރެންދެކެ ވަރަށް ބޮޑަށް ލޯބިވާ ކަމަށާއި ދުވަހަކުވެސް ބޭވަފާތެރިނުވާނެ ކަމަށްވެސް ބުނެ ވިސްނައިދޭން ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް އަހުރެންނަށް އެވާހަކަތަކަކަށް މާބޮޑު ސަމާލުކަމެއް ނުދިނެވެ.  

ދެވަނަ ލޯބިވެރިޔާއާއިއެކު އުޅެވުނީ 3 މަސްދުވަހުއެވެ. އޭނާ ޚިޔާނާތްތެރިވާކަން ފަޅާއެރީމާ ވަޤުތުން އަހުރެން ދޫކޮށްލީއެވެ. ދެން ހަދާނެ ގޮތެއް ނެތުމުން ވަރަށް އާދައިގެ ވަޒީފާއަކަށް ވަނީމެވެ. ވަޒީފާގައި އުލެންޖެހުނުލެއް ބުރަކަމުން އެންމެ ގާތް އެކުވެރިޔާއާއި ބައްދަލުކޮށްލަން ދެވުނީ އަހަރެއްހައި ދުވަސްފަހުންނެވެ. އެދުވަސްތަކުގައި ފޯނުން ވާހަކަދެއްކީމެވެ. ނަމަވެސް ދިރިއުޅުމާއިބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަމެވެ. އެއީ ފުރަތަމަ ލޯބިވެރިޔާ އާއި ވަކިވީ އޭނާގެ ނުރުހުމުގައިކަމަށްވާތީއެވެ.  

ކޮންމެއަކަސް އަހުރެންދިއުމުން މަރުޙަބާކިޔެވެ. އެކުވެރިޔާއަކީ ކުރިން އެހައި ތަނަވަސް އަންހެނަކަށްނުވެފައި އެއިރު ދިރިއުޅެނީ ވަރަށް އަގުބޮޑު އެޕާޓްމަންޓެއްގައިކަމަށްތީ ލިބުނު ކުރިއެރުމަށް މަރުޙަބާކިޔައި ތަނަވަސްކަން އެހާއަވަހަށް އިތުރުވިގޮތަކާއިބެހޭގޮތުން ސުވާލުކޮށްލީމެވެ.   

ބުނީ ކައިވެނިކުރީ ކަމަށާއި އަތުގައި ހުރި ފައިސާކޮޅު ފިރިމީހާއާއި ޙަވާލުކޮށްގެން ފެށި މަސައްކަތުން ކުރިއެރުން ލިބުނީކަމަށެވެ. ކައިވެނިކުރީ ވަރަށް ދަތިކޮށް އުޅެމުންކަމަށްވާތީ ކައިވެނީގެ ހަފްލާ އެއިރު ނުބޭއްވުނީތީ ނުއެންގި އޮތީ ކަމަށެވެ. ނަމަވެސް ވަރަށް އަވަހަށް ކައިވެނީގެ ޙަފްލާ ބާއްވާނެ ކަމަށެވެ.  

އެހިސާބަށް ބުނިތަނާ ޕިޖާމާއެއްލައިގެން އައިސް ހުއްޓުނީ ކުރީގެ ލޯބިވެރިޔާއެވެ. މިވީގޮތަކާއިމެދު ސުވާލުކުރުމުގެ ކުރިން އެކުވެރިޔާ ބުންޏެވެ. "މިހުރީ ފަޤީރުކަމުން ކަލެއަށް ކަމުނުދިއަ ލޯބިވެރިޔާއެވެ. އަހުރެންގެ ފިރިމީހާއެވެ." 

ބުނާނެ އެއްޗެއްވެސް ނުއެނގިހުރެފަި ބުނީމެވެ. ތިބާ އަހުރެންނަށް ލަނޑުދިނީއެވެ. އެކުވެރިޔާ ބުންޏެވެ. "ނޫނެކެވެ. ތިބާއަށް ބޭނުންނެތިގެން އެއްލައިލި އެއްޗެއް ގޮނޑުން ހޮވީއެވެ." ކޮންމެ ގޮތެއްވިޔަސް އެކުވެރިޔާ އެބުނީ ތެދަށްކަމަށްވާތީ ލަދުން އިސްދަށަށް ޖަހައިލީމެވެ. އެދެމަފިރިންނާއިއެކު ވަޤުތުކޮޅެއް ހޭދަކޮށްފައި ނުކުތީ ލޮލުން ކަރުނައަޅަމުންނެވެ. އަމިއްލަ ނަފުސަށް ފުރައްސާރަކުރަމުންނެވެ.  

މިއީ އަހުރެންގެ ޙަޔާތުގައި ކުރަންޖެހުނު ތަޖުރިބާއެވެ. ކުށްވެރިއަކީ އަހުރެންނެވެ. މިކިޔައިދިނީ އެކަން ޤަބޫލުކުރަމުންނެވެ. އަހުރެން އުންމީދުކުރަނީ އަހުރެންނަށް ކުރެވުނު ކުށް އެހެން އެހެން އަންހެން ކުދިން ނުކުރާނެ ކަމަށެވެ.

 

- އާންތު / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން