ހަށިގަނޑުން ވިހަފިލުވައި ދުޅަތައް ތިރިކޮށްދިނުމުގެ އިތުރުން ހަނގަނޑު އޮމާންކޮށްދޭ ބުއިމެއް-

ކިޔުމަށް ހޭދަވާނީ 1މ 34ސ
ހަށިގަނޑުން ވިހަފިލުވައި ދުޅަތައް ތިރިކޮށްދިނުމުގެ އިތުރުން ހަނގަނޑު އޮމާންކޮށްދޭ ބުއިމެއް-

ސިއުޒާ

 

· އާދައިގެ ސައިޒްއެއްގެ 1 ބީޓްރޫޓް: ( ދޮވެލާފައި ކުދިކުދިކޮށް ކޮށާލާފައި) ބީޓްރޫޓްއަކީ ވަރަށް ގިނަ ފައިދާތަކެއް އެކުލެވޭ އެއްޗެކެވެ. ލޭ ސާފުކޮށްދީ،ސާރކިޔުލޭޝަން ރަނގަޅު ކޮށްދިނުމާއި ލިވާރ އަދި ހިތުގެ މައްސަލަތަކަށްވެސް ރަނގަޅު އެއްޗެކެވެ. އެހެންވެ މި ބޭނުން ކުރާ ގިނަމީހުން ގެ ހަކަތައާއި، ހަންގަނޑު އަދި ޑައިޖެސްޓް ކުރުމަށް ވަރަށް އަވަހަށް ބަދަލު އަންނަ ކަން ފާހަގަ ކުރެވެއެވެ. 

· ކުޑަ އިނގުރު ކޮޅެއް: ކޮށާލާނީ އާދައިގެ ވަރަކަށެވެ. އެހާ ބޯކޮށެއް ނޫނެވެ. އެހާ ތުނިކޮށެއްވެސް ނޫނެވެ. އިނގުރަކީވެސް އެހާ ބާރުގަދަ އެއްޗެކެވެ. އިންފްލެމޭޝަންއާ ހަނގުރާމަ ކުރުމާއި، އިމިޔުން ސިސްޓަމް ވަރުގަދަ ކޮށްދިނުމާއި އެކު ހަކަތަ ރަނގަޅު ކޮށްދިނުން ހިމެނެއެވެ. 

· ތާޒާ 2 ލުނބޮއެއްގެ ދިޔަ ފެލައިލާށެވެ. އަދި ވަކިން ބަހައްޓާލާށެވެ. ލުނބޮއިން ޓޮކްސިން ނައްތާލުމާއި މެޓަބޮލިޒަމް އަވަސްކޮށްދެއެވެ. އަދި ހަޑިގަނޑު ސާފުކޮށްލަދެއެވެ. 

· 1 ޖޯޑު ފެން

· މާމުއި

މި ހުރިހާ ތަކެއްޗެއް މިކްސަރަށް އަޅާލާށެވެ. އަދި 1 ޖޯޑު ފެން އެޅުމަށް ފަހު ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު ފުރާނާލާފައި ދިޔަކޮޅު ވަކި ކޮށްލާށެވެ. ފުރާނާލުމަށްފަހު ފޮނިރަހަ ލައްވާލުމަށްޓަކާ  1 ސައިސަމުސާ މާމުއި އަޅާލާށެވެ. 

މާމުއިން ބުއިމުގެ ރަހަ ރަނގަޅު ކޮށްދިނުމުގެ އިތުރުންވެސް ވަރަށް ގިނަ ފައިދާތަކެއް ލިބެއެވެ. ބެކްޓީރިއާ ނައްތާލުމާއި، ރެސްޕިރޭޓަރީ ސިސްޓަމް ވަރުގަދަ ކޮށްދިނުމާއި އެކު އިންޓެސްޓައިންސް ބެލޭންސް ކޮށްދެއެވެ. 

ބޭނުން ކުރައްވާނެ ގޮތް:

ކޮންމެ ދުވަހެއްގެވެސް ހެނދުނު ހުސް ގޮހަރާ 1 ތަށީ ބޯށެވެ. ޖެހިޖެހިގެން 2 ހަފްތާ މިގޮތަށް މި ބުއިން ބޭނުން ކުރުމުން ހައިރާން ވާވަރުގެ ނަތީޖާއެއް ފެންނާނެއެވެ. މި ބުއިން ލަސްވެގެން ކޮންމެހެން ތަކުރާރުކުރާނަމަ އެމީހެއްގެ ޞިއްޙަތަށް ބޮޑެތި ފައިދާތަކެއް ލިބި ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް މަގުފަހިވާނެއެވެ.

 

- މަޢުލޫމާތު: ޞިއްޙީ ޚަބަރު

މިއަދު އޮންލައިން