ކަސްރަތު ތިއަކުރެވެނީ އެންމެ ފައިދާހުރި ވަޤުތުގައިތަ؟

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 41ސ
ކަސްރަތު ތިއަކުރެވެނީ އެންމެ ފައިދާހުރި ވަޤުތުގައިތަ؟

ކަސްރަތުކުރަން އެންމެ ރަނގަޅު ވަޤުތު އޮޅުންފިލުވަން ބޭނުންވާ ފަރާތްތަކަށް މިގެނެސްދެނީ އެކަމަށް އެހީތެރިކަން ލިބޭނެ ލިޔުމެކެވެ. އިން ޝާ ﷲ 

ކަސްރަތު ކުރުމަކީ އޭގައި ގިނަ ގުނަ ފައިދާތައް އެކުލެވޭ ކަމެކެވެ. ކަސްރަތުކޮށް ހެލިފެލިވެ އުޅުމަކީ ވަރަށް ގިނަ ބަލިތަކުން ރައްކާތެރި ކޮށްދޭ ކަމެކެވެ. ކަސްރަތު ކުރުމަކީ އޭގައި ގިނަ ފައިދާތައް އެކުލެވޭ ކަމެއްކަން ހަމަ ކޮންމެ މީހަކުވެސް ގަބޫލުކުރާނެއެވެ. ނަމަވެސް ކުޑަ ހިލާފުވުންތަކެއް އުޅެނީ ކަސްރަތު ކުރަން އެންމެ ރަނގަޅު ވަގުތާއި މެދުއެވެ. ބައެއް ބޭފުޅުންގެ ނަޒަރުގައި ކަސްރަތު ކުރަން އެންމެ ރަނގަޅު ވަގުތަކީ ހެނދުނުއެވެ. އަނެއް ބައެއްގެ ނަޒަރުގައި ކަސްރަތުކުރަން އެންމެ ރަނގަޅީ ހަވީރު / ރޭގަނޑުގައެވެ. 

ހެނދުނު ކަސްރަތު ކުރުން ރަނގަޅު ކަމަށް ބުނާ ބުނުމާމެދު ނަޒަރެއް: 

ދިރާސާއަކުން ދައްކާ ގޮތުގައި ހެނދުނު ކަސްރަތު ކުރި މީހުންނަށް މީރު ކާއެއްޗެހި ފޮޓޯ ދެއްކުމުން ކުރާ އަސަރު ކުޑައެވެ. އަދި ހެނދުނު ކަސްރަތު ކުރާ މީހުން ދުވަހުގައި ދެން ބާކީ އޮންނަ ވަގުތުގައި އެމީހުންގެ ޖިސްމާނީ ހަރަކާތްތެރިކަން އިތުރުވެއެވެ. އަދި މި މީހުންގެ މެޓަބޮލިޒަމް އިތުރުކޮށްދެއެވެ. މީގެ މާނައަކީ ހަށިގަނޑުން ކެލޮރީސް ( ހަށިގަނޑަށް ހަކަތަ އުފައްދައިދެނީ ކެލޮރީސްއިން) މުޅި ދުވަހުވެސް އަދަމުންދާ ވާހަކައެވެ. ކަސްރަތު ކުރުމުން ހިތުގެ ވިންދާއި ހަށިގަނޑުގެ ފިނިހޫނުމިން އިތުރު ކޮށްދެއެވެ. ވީމާ ރޭނގަޑު ކަސްރަތު ކުރާ ބޭފުޅުންނަށް ނިދަން އުދަނގޫވުމަކީ އެކަށީގެންވާ ކަމެކެވެ. މިކަމަށް އޮތް ހައްލަކީ ހެނދުނު ކަސްރަތު ކުރުމެވެ. ދިރާސާއަކުން ދައްކާ ގޮތުގައި މެންދުރުފަހާއި ހަވީރު ކަސްރަތުކުރާ މީހުންނަށް ވުރެން ހެނދުނު 7 ޖަހާއިރު ކަސްރަތު ކުރާ މީހުންނަށް ރޭނގަނޑު ވަގުތުގައި ރަނގަޅު ނިދި ލިބެއެވެ. 

ހެނދުނު ކަސްރަތު ކުރުމުން ލިބޭ އަނެއް ފައިދާއަކީ ކޮންމެ ދުވަހަކުވެސް ފަސޭހައިން ކަސްރަތު ކުރެވުމަށް މަގުފަހި ވެގެން ދިއުމެވެ. ޒަމާނާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލުތަކާ ހެދި މިއަދު ކޮންމެ މީހަކުވެސް އުޅެމުން އަންނަނީ ފިސާރި ބުރަކޮށްނެވެ. ކޮންމެ ދުވަހުކުވެސް ހެނދުނު މަސައްކަތްތަކުގައި މަޝްއޫލުވުމުގެ ކުރިން ކަސްރަތު ކުރުމަކީ ކަސްރަތު ޤަވައިދުން ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ހެނދުނު ކަސްރަތު ކުރުމުން ފަހުން އެދުވަހު ކަސްރަތު ނުކުރެވިގެން ހާސްވެ އެކަމާ ވިސްނައި ހަދަން ނުޖެހޭނެއެވެ. އޭގެ ބަދަލުގައި އެދުވަހު ބާކީ އޮތް ވަގުތުތަކުގައި ހަމަޖެހިލައިގެން އެހެން ކަންތައްތައް ކުރެވޭނެއެވެ.

ހަވިރު / މެންދުރުފަހު / ރޭގަނޑު ކަސްތަތު ކުރުން ރަނގަޅު ކަމަށް ބުނާ ބުނުމާމެދު ނަޒަރެއް:

އަޅުގަނޑުމެންގެ ހަށިގަނޑުގައި ބޮޑަށް ވަރު ހުންނަނީ މެންދުރުފަހުގެ ވަގުތުތަކުގައި ކަމަށް ބައެއް ލިޔުންވުންތަކުގައި ވެއެވެ. މިހެން ވުމުގެ ސަބަބުން މެންދުރުފަހު ކަސްރަތު ކުރާ މިހުންނަށް ކަސްރަތު ކުރުމުގައި ބޭނުންކުރާ ބަރު އެއްޗެހި އުފުލުމަށް ފަސޭހަވެގެންދާނެއެވެ. މީގެ ސަބަބުން ހަށިގަނޑުގެ ޖަހާ މަސްތައް ( ފައިދާ ހުންނަ މަސްތައް) އިތުތު ކޮށްދީ ވަރުގަދަ ކޮށްދޭނެއެވެ. ގިނަ މީހުންނަކީ ހެނދުނާއި މެންދުރުފަހު އެއްކޮށް ކަހަލަ ގޮތަކަށް މަސައްކަތުގައި އުޅޭ މީހުންނެވެ. މަސައްކަތް ނިއްމުމަށްފަހު ހުންނާނީ ވަރުބަލިވެ ސްޓްރަސް ( ހާސްވުން ) ވެފައެވެ. ހަވީރު ކަސްރަތު ކޮށްލުމުން ވަރުބަލިވުމާއި ސްޓްރެސް ފިލުވަވައި ދިނުމަށް އެހީތެރިވެދޭނެއެވެ.

ކަސްރަތު ކުރަން ވަކި ގަޑިއެއް މުހިއްމެއް ނޫން؟

ވަކި ގަޑިއެއް ކަނޑައަޅައި ކަސްރަތު ކުރަން ފެށުމުން އެގަޑި ފާއިތު ވެއްޖަނަމަ ފަހުން ކަސްރަތު ނުކުރެވޭ ގޮތް ވެދެއެވެ. އެއީ ސީދާ އެގަޑިއަކާއި ފަހުން ދިމާކުރަން ވެގެންނެވެ. ކަސްރަތު ނުކުރުމަށްވުރެން މުހިއްމީ އެމީހަކަށް ފަސޭހަ ވަގުތެއް ހޯދައިގެން ކަސްރަތު ކުރުމެވެ. ތިމާގެ ދުވަހުގެ ތާވަލަށް އަދި ނިއްޖަށް ބުރު ނާރާ ގޮތަށް ކަސްރަތު ކުރަން ވަގުތު ކޮޅެއް ކޮންމެ ދުވަހަކުވެސް ހުސްކޮށްލަން ވާނެއެވެ. އެއީ މިކަމުގައި އެކުލެވޭ ފައިދާތައް ގިނަ ކަމުންނެވެ.

 

 

- އުންމު ނަވާރު

 

 

 

މަސްދަރު

 

CSCS*D, D.K. and CSCS*D, F. me!Drew K. (2019) Does it matter what time of day you workout?, Outmatch Fitness. Available at: https://outmatchfitness.com/does-it-matter-what-time-of-day-you-workout/.

 

Gray, D. (2019) Exercise in the evening: Benefits, Healthline. Available at: https://www.healthline.com/health-news/why-evening-might-be-the-best-time-to-exercise#Body-changes-throughout-the-day.

 

Kelly, E. (2018) Best time of day to exercise: When to work out, Healthline. Available at: https://www.healthline.com/health/fitness-exercise/best-time-to-workout.

 

 

 

 

 

 

 

 

މިއަދު އޮންލައިން