އެންމެ ރަނގަޅު ޢުމްރާ ޖަމާޢަތްތައް ހޮވައި އެވޯޑެއް ދެނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
އެންމެ ރަނގަޅު ޢުމްރާ ޖަމާޢަތްތައް ހޮވައި އެވޯޑެއް ދެނީ

ދިވެހިރާއްޖޭގައި ހިންގާ އުމްރާ ޖަމާއަތްތަކުގެ ތެރެއިން ކޮންމެ އަހަރަކު ވެސް އެންމެ ރަނގަޅު ހައެއްކަ ޖަމާއަތް ހޮއްވަވާން އަމާޒުހިއްޕަވައިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. 

ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން ޑރ.ޝަހީމް ވިދާޅުވީ ޖަމާއަތްތަކުގެ ތެރެއިން އެންމެ ރަނގަޅު ޖަމާއަތްތައް ހޮއްވެވުމަކީ ޖަމާޢަތްތަކުގެ ޚިދުމަތް އިތުރަށް ރަނގަޅުވާނެކަމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި އަދި އެގޮތުން ޖަމާއަތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހައެއްކަ ޖަމާޢަތަށް ތަރި ނުވަތަ "އެވޯޑު" ދެއްވުމަކީ އަމާޒެއްކަމަށެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ، އުމްރާ ޖަމާއަތްތަކާ އެކު މަހާސިންތާއެއް ބާއްވަވައި، އުމްރާއަށް ގެންދިއުމާ ގުޅޭ އުސޫލުތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާން ހަމަޖެހިފައިވާ ކަމަށެވެ. މި މަހާސިންތާ ބޭއްވުމުގެ މަޤްޞަދަކީ އުމްރާ ޖަމާއަތްތަކުގެ ފެންވަރު މަތިކޮށް، އުމްރާވެރިންނަށް ދެވޭ ޚިދުމަތް އިތުރަށް ރަނގަޅުކުރުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި 50 އަށްވުރެ ގިނަ ޢުމްރާ ޖަމާޢަތްތަކުން މީހުން ޢުމްރާއަށް ގެންދާއިރު މިކަމުގެ ސަބަބުން އުމްރާ ޖަމާއަތްތަކުގެ މެދުގައި ހެޔޮ ވާދަވެރިކަމެއް އުފެދި، އުމްރާވެރިންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.

މިއަދު އޮންލައިން