މިސްރުކާރާ ބެހުނަސް މާބޮޑަކަށް އަޅައެއް ނުލާނެ! ދާނީ ބާރަށް ކުރިއަށް!: މެންބަރު ސަލީމް

މިއަދު
ކިޔުމަށް ހޭދަވާނީ 59ސ
މިސްރުކާރާ ބެހުނަސް މާބޮޑަކަށް އަޅައެއް ނުލާނެ! ދާނީ ބާރަށް ކުރިއަށް!: މެންބަރު ސަލީމް

އައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު. 

އާދެ މިއަދަކީ އަޅުގަނޑަށް ވަރަށް ތާރީޚީ ދުވަހެއް. އެހެންމިވީ މި ޖަގަހާގައި އެންމެ ފުރަތަމަ އަޅުގަނޑު ވާހަކަ ދައްކާ ދުވަސް މިއަދަކީ. ކޮންމެއަކަސް މިރޭގެ މި ޖަލްސާ، މި ޖަގަހައަކީ މީ މިއަދުގެ ޖަގަހައެއް ނޫން. އެކީ ޕާޓީތަކުން ބަދަލުވަމުން އައިސް މީ ވަރަށް ވަރުގަދަ ޖަގަހައެއް. މި ޖަގަހަ މިއަދު މިއޮތީ ކޮންގްރެސް ޕާޓީގެ އަތުގަ. މިހެންވީމަ މި ޖަގަހަ ދެން ވެގެންދާނީ އިރާދުކުރެއްވިއްޔާ މާތްﷲ ގެ ރަޙްމަތްޕުޅާއެކީގައި އެންމެ ވަރުގަދަ ޖަގަހައަށް. މި ޖަގަހައަށް ހަމަލާދެވޭނެ ހަމަ އެއްވެސް ފަރާތެއް ނާއްނާނެ މީސަތަކުންގެ ތެރެއަކުންނެއް. އަޅުގަނޑުމެންގެ ހަމަލާތައް އެއަށްވުރެން ވަރުގަދަވާނެ. އެހެންމަ އަޅުގަނޑު އިދިކޮޅު ފަރާތްތަކަށް ދަންނަވާލަން އޮތީ އަޅުގަނޑުމެންނާ މާބޮޑަށް ނުކުޅޭށޭ، އަޅުގަނޑުމެން ދާނީ ކުރިއަށޭ. އަޅުގަނޑުމެންނާ އެ ބެހުނު ކަމުގައި ވިޔަސް އެއަކަށް އަޅުގަނޑުމެން މާބޮޑު ސަމާލުކަމެއްވެސް ނުދޭނަން. 

އަޅުގަނޑުމެންގެ މި ސަރުކާރު ރައީސް މުޢިއްޒުގެ ސަރުކާރު ދާނީ އެއިން ކަމަކަށް މާބޮޑަށް އަޅާނުލާ ކުރިއަށް. 

 - އޭދަފުށީ ދާޢިރާގެ މެމްބަރު އަޙުމަދު ސަލީމް ޕީއެންސީ ޖަގަހއިގަ ދެއްކެވި ވާހަކަފުޅުން

މިއަދު އޮންލައިން