ހަށިގަނޑަށް ބޭނުންވާވަރަށްވުރެ ގިނައިން ކައިބޮއިހެދުމުން ލިބޭ ގެއްލުންތަކުގެ ތެރެއިން އެންމެ ބޮޑު 3 ގެއްލުން-

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ހަށިގަނޑަށް ބޭނުންވާވަރަށްވުރެ ގިނައިން ކައިބޮއިހެދުމުން ލިބޭ ގެއްލުންތަކުގެ ތެރެއިން އެންމެ ބޮޑު 3 ގެއްލުން-

ހަށިގަނޑަށް ކޮންމެހެން ބޭނުންވާ ވަރަށްވުރެ ގިނައިން ކައިބޮއިހަދާނަމަ ލިބޭނެ ޞިއްޙީ ގެއްލުންތައް ޑޮކްޓަރުން މިއަދު އެގެންދަނީ އަބަދުހެން ކިޔައިދީ ހާމަކުރަމުންނެވެ. އެހެންކަމުން މިބަޔާންކުރަނީ 3 ކަމެއްގެ ވާހަކައެވެ. މި 3 ކަންތަކަކީވެސް މިއަދުގެ ޑޮކްޓަރުންވެސް ފާހަގަކުރައްވާ 3 ކަމެކެވެ. 

"ކަންނެތަކަމާ ވިސްނުން ފުރިހަމަނުވުމާ އަވަހާރަފުޅުލެއްޕެވުން ގަދަވުމުން (ނިދިގަދަވުމާ ގިނައިން ނިދަންބޭނުންވުމުން) ސަލާމަތްވެވަޑައިގަތުމަށްޓަކައި ބަނޑުފުޅު ފުރެންދެން ފަރިއްނުކުޅުއްވައި އިމާމް ޝާފީގެފާނު 16 އަހަރު ހޭދަކުރެއްވެވިއެވެ." 

ފާހަގަކުރެވޭ 3 ގެއްލުން: 1 ކަންނެތްވުން، 2 ވިސްނުން ފުރިހަމަނުވުން، 3 ނިދިގަދަވުމާ ގިނައިން ނިދަން ބޭނުންވުން   

ލޮބުވެތި އެކުވެރިންނޭވެ! މި 3 ކަންތަކަކީވެސް މުސްލިމުންނަށް އެންމެ ގެއްލުންހުރި 3 ކަންތަކެވެ. ކަންނެތްވުމަކީ އަޅުކަންކުރުމާއި ދުރުހެލިކޮށްދޭ ކަމެކެވެ. ހަމައެފަދައިން ރިޒުޤްހޯދަން މަސައްކަތްކުރުމާއިވެސްމެއެވެ. 

ދެން އެއޮތީ ވިސްނުން ފުރިހަމަނުވުމެވެ. ވިސްނުން ފުރިހަމަ ނޫންނަމަ ގޯސްތައް ހެދޭނެއެވެ. ފާފަވެސް ކުރެވޭނެއެވެ. އަދި ޢިލްމް އުނގެނެންވެސް ހުރަސްތައް އެޅޭނެއެވެ. 

ދެން އެއޮތީ ނިދިގަދަވުމާއި ގިނައިން ނިދަން ބޭނުންވުމެވެ. ނިދިގަދަ އަދި ގިނައިން ނިދަން ބޭނުންވާ މީހަކަށް ރޭއަޅުކަމާއި ފަތިސްނަމާދުކުރުން ވާނީ ވަރަށް ބުރަކަމަކަށެވެ. ގިނަބައަކަށް އޮންނާނީ ނުވެސްކުރެވިފައެވެ. 

ވީމާ މި 3 ކަންތަކުން ސަލާމަތްވެތިބެން މަސައްކަތްކުރަންޖެހޭނެއެވެ. އެންމެ މުހިންމު ކަމަކީ އިމާމް ޝާފީގެފާނު ޢަމަލުފުޅުކުރެއްވެވި ފަދައިން ޢަމަލުކުރުމެވެ. ބަނޑުފުރާ ނުކެއުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން