އެކަންކަން ނުލިބިގެން ހުރިހާ މުސްލިމުންގެ ކައިވެނިތައް ރޫޅާލިޔަސް އިސްލާމްދީނުގަ ތިބެގެން ބަރަހަނާ ފިލްމްތަކުން ފެންނަ ކަންކަން އެގޮތަކަށް ޙާޞިލެއް ނުކުރެވޭނެ! ޙަޤީޤަތް މިކިޔައިދެނީ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 2މ 54ސ
އެކަންކަން ނުލިބިގެން ހުރިހާ މުސްލިމުންގެ ކައިވެނިތައް ރޫޅާލިޔަސް އިސްލާމްދީނުގަ ތިބެގެން ބަރަހަނާ ފިލްމްތަކުން ފެންނަ ކަންކަން އެގޮތަކަށް ޙާޞިލެއް ނުކުރެވޭނެ! ޙަޤީޤަތް މިކިޔައިދެނީ!

އަހުރެން މިވާހަކަތައް ކިޔައިދޭކަށް ލަދެއް ނުގަންނަމެވެ. ސަބަބަކީ އެއީ އަހުރެން އިސްލާމްވުމުގެ ކުރިއެވެ. މިއަދު މިވާހަކަތައް ކިޔައި މިދެނީ ކައިވެނިތައް ރޫޅި ގިނަ ބައަކު ނިކަމެތިވާތީ ކަންބޮޑުވާވަރުންނެވެ. ކަމުގެ ޙަޤީޤަތް އެނގުމުންވެސް ކޮންމެވެސް މިންވަރަކަށް ޙައްލެއް އަންނާނެ ކަމުގެ އުންމީދުގައެވެ.

އަހުރެންގެ ޢުމުރުން 20 އަހަރުގައި ވަޒީފާއެއް ހޯދަން ކުރި މަސައްކަތުގައި އެއްވެސް ވަރެއްގެ ކުރިއެރުމެއް ނުލިބިގެން ވަރަށް ކަންބޮޑުވެފައި ހުއްޓައި އެއިރުގެ އެކުވެރިއަކު ބޭއްވި ޝޯއެއްގައި ނަށާލުމުގެ ފުރުޞަތު ލިބުނުން އެކަންކުރީމެވެ. އެހިސާބުން ފައިސާތައް އޮހެން ފަށައިފިއެވެ. ދެން މަގުއޮޅުނީއެވެ. ފަސޭހައިން ގިނަ ޢަދަދަކަށް ފައިސާ ލިބޭތީ އެކިއެކި ޝޯތަކުގައި ޙަރަކާތްތެރިވަމުންގޮސް ޢުމުރުން 22 އަހަރުގައި ވަދެވުނީ ބަރަހަނާ ކެލިފޯނިއާގެ ބަރަހަނާ އިންޑަސްޓްރީއަށެވެ. އެދުވަސްވަރުގައިވެސް ނަޞީބަކުން އެއްވެސް މީހަކާއެކު ޖިންސީ ގުޅުމެއް ނުހިންގަމެވެ. ހަމައެކަނި ޝޯދެނީއެވެ. 

އެކަމުގެ ތެރޭގައި 5 އަހަރު އުޅުނީމެވެ. ޖިންސީ ގުޅުން ހިންގާތަން މޫވީކުރާތަން ވަރަށް ގިނައިން ފެނުނެވެ. ބުނަންހެއްޔެވެ؟ ކްލިޕްތަކުންނާއި ފިލްމްތަކުން އެފެންނަނީ ޙަޤީޤަތެއް ނޫނެވެ. އެއީ އެކަމަށް އެހައި ވަރުގަދަ ބައެއް ނޫނެވެ. އާދައިގެ 10 ވަރަކަށް މިނިޓުގެ ކްލިޕެއްވެސް އުފައްދާފައި އެހުންނަނީ އެތައް ފަހަރަކު މެދުކަނޑާލައި އިތުރަށް މަސްތުވަމުންނެވެ. އަދި ގިނަ ފަހަރު އެއްދުވަހަކުންވެސް ނޫނެވެ. ކިތަންމެ މޮޅަށް ޝޮޓްތައް ގުޅުވާފައި ހުރިނަމަވެސް އެއީ އެތައް ބައިވަރު ބައިތަކެކެވެ. 

ދެން މިޖެހޭ މައްސަލައަކީ މިކަންކަން ނޭނގި އެއެއްޗެތި ބަލާފައި އެފެންވަރު ބައިވެރިޔާގެ ކިބައިގައި ހުންނަން ބޭނުންވަނީއެވެ. ނެތިއްޖެނަމަ ފޫހިވެ ވަރިކުރަނީއެވެ. ވަރިވަނީއެވެ. ކުރިން މިބުނި ކަންކަން އެމީހުންނަށް އެނގޭނަމަ ބައިވެރިޔާގެ ކިބައިން އެގޮތަކަށް ނުއެދޭނެއެވެ. 

އެކަންކަން އެގޮތަށް ކުރަން ޑްރަގް ބޭނުންކުރުމުގެ އިތުރުން ބަނގުރާ ބޯވަރު އެނގޭހެއްޔެވެ؟ އެ 5 އަހަރުތެރޭގައި ބައްދަލުވީ އިމެއް ނެތި ބަނގުރާ ނުބޯ އެންމެ 4 އަންހެނުންނާއިއެވެ. އެ 4 އަންހެނުންނާއި އަހުރެން، 5 އަންހެނުން އެމަގު ދޫކުރީ އެކުއެކުގައެވެ. ޙަޤީޤަތުގައި އެއީ ލާރިލިބޭ ކަމެކެވެ. ވަރަށް އަވަހަށް ރީތިކަން ގެއްލި ފުރާނައަށް ނުރައްކާވާފަދަ ބަލިތައް ވަރަށް ގިނައިން ޖެހޭ ކަމެކެވެ. އެހެންވެ  އެކަމުން ލިބިދާނެ ދެރަ މާބޮޑުވެދާނެ ކަމުގެ ބިރުބޮޑުކަމުން އަހުރެމެން އެކަމަށް އަލްވިދާޢުކީއެވެ. 

އެތަނުން 2 އަންހެނުންނަށް ވީގޮތެއް ނުއެނގެއެވެ. ފަހަކުން ގުޅުމެއް ނެތެވެ. ނަމަވެސް އަހުރެމެން 3 އަންހެނުން ވޮޝިންގޓަނަށް ބަދަލުވެ 3 އަންހެނުން އެކުވެގެން އުޅުވީ ހެދުން ވިއްކާ ފިހާރައެކެވެ. އެފިހާރައިގައި މުސްލިމުންގެ ހެދުންވެސް ވިއްކަމެވެ. ބުރުގާވެސް ވިއްކަމެވެ. އަހުރެމެން 3 އަންހެނުން އިސްލާމް ދީން އިޚްތިޔާރުކުރަން ނިންމީ ފިހާރައަށް އަންނަ މުސްލިމް ކަސްޓަމަރުންގެ އަޚްލާޤް ރަނގަޅުކަމުންނެވެ. އެމީހުންގެ އަނބިންނަށް އިޙްތިރާމްކޮށް ލޯބިން އުޅޭތަން ފެނުމުން އެލޯބިބޭނުންވެގެންނެވެ. އިސްލާމް ނުވެ މުސްލިމް ފިރިހެނަކާއި ކައިވެނިނުކުރެވޭނެތީއެވެ. ހިތުގައި ﷲ ތަޢާލާއަށް ބިރުވެތިކަން އުފެދި ތަޤްވާވެރިވާންފެށުނީ އިސްލާމްވެ މުސްލިމަކާއި ކައިވެނިކުރިތާ އަހަރަކަށްވުރެވެސް ގިނަދުވަސްވީފަހުންނެވެ. 

މިއީ ޙިޖާބް އަޅައި ނިވާވެގެން އިނދެ "ޒަރީނާ" އޭނާގެ ފޭސްބުކަށްލާފައިވާ ވީޑިއޯއެއްގައި ބުނެފައިވާ ވާހަކައެކެވެ. 

ޒަރީނާ ފާހަގައެކުރާ މައްސަލައަކީ މިއަދު ހަމަ އަޅުގަނޑުމެންގެ ތެރޭގައިވެސް އޮތް މައްސަލައެކެވެ. ހަމަ މިފަދަ މައްސަލައެއްގައި އަޅުގަނޑުގެ ވަރަށް ގާތް ދެއެކުވެރއެއްގެ ކައިވެނި ވަނީ ވަރަށް ފަހުން ރޫލިފައެވެ. ފިރިމީހާ މިހާރު ކައިވެނިކޮށްގެން އުޅެނީ ޑްރަގް ނަގާ އަންހެނަކާއިއެވެ. ވީމާ ހޭލުނތެރިވުން ކީއްހެއްޔެވެ؟ 

- ޝަހީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް 

- ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން