ޓޭބަލްޓެނިސް ތަރި ފާތިމަތު ދީމާ އަލީގެ ހިތްވަރާއި މޮޅު ކުޅުމާމެދު މުޅި ޤައުމު ފަޚުރުވެރިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މެޗު ނިމުނުތާ މާގިނައިރުތަކެއް ނުވަނީސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދީމާއަށް ހިތްވަރުދެއްވާ ސޯޝަލް މީޑިއާގައި ޕޯސްޓެއް ހިއްސާކުރައްވާފައެވެ. އެ ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދީމާގެ ހިތްވަރާއި މޮޅު ކުޅުމާމެދު މުޅި ޤައުމު ފަޚުރުވެރިވާކަމަށެވެ.
— Dr Mohamed Muizzu (@MMuizzu) July 27, 2024
ޓޭބަލް ޓެނިހުގެ އަންހެން ކެޓަގަރީގެ ޕްރީލިމިނަރީ ބުރުގައި ދީމާ ވާދަކޮށްފައިވަނީ ޕޮލެންޑްގެ އެންމެ އުއްމީދީ ޓީޓީ ކުޅުންތެރިޔާ ކަޓާޒިނާ ވެގްޒިން އާއެވެ. މި މެޗުން ސީދާ ތިން ސެޓުން ކަޓާޒިނާ ކާމިޔާބުކުރި ނަމަވެސް ދީމާ ވަނީ ވަރަށް ހިތްވަރުކޮށްފައެވެ. އަދި އެކި ދަނޑިވަޅުތަކުގައި ދީމާގެ ހުށިޔާރުކަން ފެނިގެންދިޔައެވެ.