ޢިބްރަތްތެރި ވާހަކަ: ވަޒީފާގަ ގެންގުޅުނު "މުވައްޒިފަކާ" ބެހެން އުޅުމުން "ތިއައީވެސް މަންމަގެ ނުބައިކަމުން ޖެހިފަހުރި ބައްޔެއްތޯ؟" ސުވާލުކުރި ދަރިފުޅުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 43ސ
ޢިބްރަތްތެރި ވާހަކަ: ވަޒީފާގަ ގެންގުޅުނު "މުވައްޒިފަކާ" ބެހެން އުޅުމުން "ތިއައީވެސް މަންމަގެ ނުބައިކަމުން ޖެހިފަހުރި ބައްޔެއްތޯ؟" ސުވާލުކުރި ދަރިފުޅުގެ ވާހަކަ-

އަޅުގަނޑުމެންގެ މުޖުތަމަޢުއަކީ ވަރަށް ކުޑަކުޑަ މުޖުތަމަޢުއެކެވެ. ދުނިޔޭގެ ނިޞްބަތުން ބަލައިފިނަމަ އެންމެ ކުޑަ މުޖުތަމަޢުކަމަށްވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެހެންކަމާއިއެކުވެސް ރަށްތައް ބެހިފައިވާ ގޮތުންނާއި އެހެންވެސް ތަފާތު ޙާލަތު މެދުވެރިވެ ބައްޕަ ލޮލަށް ނުފެނި ބޮޑެތިވާ ދަރިން ތިބޭކަން ފާހަގަކުރެވެއެވެ. އެފަދަ މައްސަލަތައްވެސް އަންނަނީ ކުރިމަތިވަމުންނެވެ. 

ތިރީގައިވާ ދެ ޙާދިސާއަކީވެސް މިކަމުގެ ވަރަށް ޢިބްރަތްތެރި ދެ ޙާދިސާއެކެވެ. ވިދާޅުވެލައްވައި ޢިބްރަތް ޙާޞިލުކުރައްވާށެވެ.  

އޭނާގެ ކުރިމަތީގައި ހުރިހާވެސް އެއްޗަކީ ފައިސާ އާއި ބާރެވެ! އޭނާ ޙާޞިލުކުރަން ބޭނުންވާ ކޮންމެ ކަމެއްވެސް ޙާޞިލުވުމެވެ. އެއީ އަންހެން ކުއްޖެއްގެ ޢިއްފަތްތެރިކަމަށް އަރައިގަތުންނަމވެސްމެއެވެ. 

އޭނާއަކީ ވަރަށް ހަރުކަށި މީހެކެވެ. މުވައްޒިފެއްގެ އިހްމާލުން ކިތަންމެ ކުޑަ ކުށެއް ކުރެވުނު ނަމަވެސް ވަގުތުން އެމީހަކު ވަޒީފާއިން ވަކިކުރުމަކީ އޭނާގެ އާދައެކެވެ. އެހެންކަމުން އަބަދުހެން އޮންނަނީ ކޮންމެވެސް މުވައްޒިފަކު ވަޒީފާއިން ވަކިކުރަންޖެހިފައެވެ. އެގޮތަށް ވަޒީފާއިން ވަކިކުރާ ކޮންމެ މީހަކު ރޮމުން ނުކުންނަނީ އޭނާއަށް ބަދުދުޢާކުރަމުންނެވެ. 

އެއްދުވަހަކު ވަޒީފާއަކަށް އެދިގެން އައި 20 ވަރަކަށް އަހަރުގެ އަންހެން ކުއްޖަކަށް ވަޒީފާދިނެވެ. ނަމަވެސް އޭނާގެ އަމިއްލަ ބޭނުން ފުއްދައިދޭން އެކުއްޖާ އެއްބަސްނުވުމުން އަބަދުހެން ގެންދިއައީ އެކުއްޖާގެ ކުށްދައްކަމުންނެވެ. އެއްޗެތި ގޮވައި ބިރުދައްކަމުންނެވެ. އެގޮތަށް ކަންކަން ކުރަމުން ގޮސް އެއްދުވަހަކު މާހޫނުވުމުން (ނުރައްކާ ބޮޑުވުމުން) އޭނާ އަމިއްލައަށް ވަޒީފާ ދޫކޮށްލާފައި ނުކުމެގެންދިއައީއެވެ.

އެކަންވީ އޭނާއަށް ވަރަށް ބޮޑު ކަމަކަށެވެ. އެއީ އޭނާއަކީ ކޮންމެ ގޮތަކުން ނަމަވެސް އޭނާ ޙާޞިލުކުރަން ބޭނުން އުފަލެއް ޙާޞިލުނުކޮށް ދޫކޮށްލަން ބޭނުންވާ މީހަކަށް ނުވާތީއެވެ. އެހެންވެ އޭނާ ޤަޞްދުކުރީ އެކުއްޖާގެ އެޑްރެހަށްގޮސް މައިންބަފައިން ގަނެލުމަށެވެ. އެނިޔަތުގައި ގޮސް ގޭގެ ދޮރުގައި ޓަކިޖެހުމުން ހުޅުވި އަންހެން މީހާއަކީ މީގެ 20 އަހަރުކުރިން އޭނާގެ ލޯބިވެރިއަކަށް ހަދައި ކައިވެނިވެސް ކުރި އަންހެނެކެވެ. 

ނުފެނި މިހައި ގިނަދުވަސްވެފައި ބައްދަލުވުމުން ދެމީހުން ކުރީގެ ހަނދާންތައް އައުކުރަން ފެށިތަނާ ދަރިފުޅު އައިސް ބުންޏެވެ! "މަންމާއެވެ! މީނައާ ވާހަކަ ނުދައްކާށެވެ! ތިއައީ ވަހުޝީކަން ހައްދުފަހަނައަޅާފައިވާ ޖަނަވާރެކެވެ!" 

އެހިސާބުން އޭނާ ވަރަށް ދެރަވެއްޖެއެވެ. އެއީ އޭނާގެ އަގު އެގޮތަށް ވައްޓައިލުމުންނެވެ. އަދި އޭނާގެ ގޮތް ކުއްޖާގެ މަންމައަށް އެނގޭނެތީ އާއި ދަރިފުޅު ބުނި ބަސް މަންމަ ޔަޤީންކުރާނެތީއެވެ. އެހިސާބުން މަންމަ ބުންޏެވެ. "ތިއަ ނުބައި ގޮތްގަނޑު ދޫނުކޮށް އުޅޭނަމަ ކޮންމެވެސް ދުވަހަކުން ހިތާމަކުރަންވެސް ޖެހޭނެއެވެ. ދެރަގޮތްތައްވެސް މެދުވެރިވާނެއެވެ. ކަލޭ ކިތަންމެ ވަރަކަށް ފުއްޕި ނަމަވެސް ކަލެއަކީ ދަރިފުޅުގެ ބައްޕަކަން ދަރިފުޅަށް އެނގޭނެއެވެ. ވީމާ ހަމަހޭގައި ހުރެ ކަލެއަކާ އެއްވެސް ގުޅުމެއް ނުހިންގާނެ ނޫން ހެއްޔެވެ؟"  

ކުއްޖާގެ މަންމަ ދެއްކި ވާހަކައިން އެނުލަފާ މީހާއަށް ވަރަށް އަސަރުކުރިއެވެ! އަދި އެއީ ކުރެވުނު އެއްވެސް ކަމަކާއިހެދި ދެރަވެގެން މުޅި ޙަޔާތުގައިވެސް ފުރަތަމަ ފަހަރަށް ކަރުނައެޅި ދުވަސްކަމަށްވެގެން ދިއައެވެ.  

ނަތީޖާއެއްގެ ގޮތުން އޭނާ އިޞްލާޙްވެ މުޅިން އެހެން މީހަކަށް ބަދަލުވިއެވެ. ދެމައިންގެ ކިބައިން ވަރަށް ބޮޑަށް މާފަށްވެސް އެދުނެވެ. އަދި އެ ކުއްޖާގެ މަންމަ އާއި ދެވަނަފަހަރަށް ކައިވެނިކޮށް ރިވެތި ދިރިއުޅުމެއް އުޅެން ފެށިއެވެ. އޭނާގެ އަޚްލާޤަށް އައި ބަދަލާއި ގުޅިގެން އެންމެ ބޮޑަށް އުފާކުރީ އޭނާގެ މުވައްޒިފުންނެވެ.  

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނާ މިވާހަކަ ހިއްބާމިކުރީ ޚުދު އަޅުގަނޑަކީވެސް އަޅުގަނޑަކީ ކާކުކަން ނުއެނގޭ ޙާލުގައި ބައްޕަގެ ކިބައިން ހަަމ ކިރިޔާ ސަލާމަތްވެފައި އިން އަންހެނަކަށްވާތީއެވެ.  

އަޅުގަނޑަށް ސަލާމަތްވެވެވުނީ މަންމަ އާއި ބައްޕަގެ ފޮޓޯ ބައްޕައަށް ފޯނުން ދައްކައި އަޅުގަނޑަކީ ބައްޕަގެ ދަރިއެއްކަމަށްބުނުމުންނެވެ. އެހާލުގައިވެސް ބައްޕަ ބުނީ ހުރިހާ ކަމެއް ގޯހުން ގޯހަށްގޮސް އަޅުގަނޑާއިވެސް އަޅައިނުލީ މަންމަގެ ނުބައިކަންބޮޑުވެފަ މަކަރުވެރިކަން ބޮޑުކަމުން ކަމަށެވެ.  

މަންމަ އާއި ދިމާއަށް އެފަދަ ބަސްތަކެއް ބުނުމުން ލަދުޙަޔާތް ކަނޑައިލީމެވެ. އަދި ސުވާލުކުރީމެވެ. "އުމުރުން 60 އަހަރާއި ކައިރިވެފައިހުރިއިރުވެސް އެންމެ މުވައްޒިފަކުވެސް ޝިކާރަކޮށްނުލައި ދޫކޮށް ނުލެވިގެން ތިއައުޅެނީ މަންމަގެ ނުބައިކަމުން ޖެހިފައިހުރި ބައްޔަކުން ހެއްޔެވެ؟ ހުރި ވަޙުޝީކަން ބޮޑުކަމާ ނުލަފާކަން ނިކަން ދެކިބަލާށެވެ! ހުންނާށެވެ! ނިކަން ފަޟީޙަތްވެސް ކޮށްލާނަމެވެ!"  

ނަމަވެސް އެކަމަށް މަންމަ ހުރަސްއެޅުމުން މަޑުންހުންނަން ޖެހުނީއެވެ. ވީމާ މިއީ ހަމަ ރާއްޖޭގައިވެސް ޢާންމުވަމުން އަންނަ ބޮޑުވަބާއެކެވެ! 

- ހާރީ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން