ވައުދާ އެއްގޮތަށް، ދެވަނަ ފިޔަވަހީގެ ފްލެޓްތަކުގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް މިހާރު ކުރިޔަށްދާ ކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 1ސ
ވައުދާ އެއްގޮތަށް، ދެވަނަ ފިޔަވަހީގެ ފްލެޓްތަކުގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް މިހާރު ކުރިޔަށްދާ ކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް، ފްލެޓްތަކުގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް މިހާރު ކުރިޔަށްދާ ކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުކަން ހާމަކުރެއްވީ މާލޭގެ މޭޔަރު ކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރަށް ތާއީދު ހޯދުމަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޭއްވި ކެމްޕެއިން އިވެންޓުގައު ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދުގެ އިވެންޓުގައި ރައީސް ޑރ މުއިއްޒު ވިދާޅުވީ ސަރުކާރުން ނިންމާފައިވާ ގޮތަށް މިހާރު އެޗްޑީސީން ލިފްޓު ހަރުކުރުމުގެ ބަޔަކާއި މިހާރު ހަވާލުކޮށްފައިވާ ކަމަށާއި، ލިފްޓްތައް ގެނެސް ލިފްޓްތައް ހަރުކުރުމުގެ މަސައްކަތް މިހާރު ކުރިޔަށްދާ ކަމުގައެވެ.

ހިޔާ ސަރަހައްދު ނޫނީ ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އަޅުގަނޑުމެން ކުރިއަށް ގެންދަން ނިންމާފައި ހުރި ކަންތަތަކެއް އެބަހުރި. ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ކަންތައްތައް. އެއް ކަމަކީ، މި ޓަވަރުތަކުގައި އިތުރު ލިފްޓްތަކެއް ހަރުކުރުން. އެކަންތައް ސަރުކާރުން ނިންމާފައިވާ ގޮތަށް މިހާރު އެޗްޑީސީން އެ ވަނީ މަސައްކަތް ފަށައި ބަޔަކާ އެގްރިމަންޓް ހަދައިގެން ލިފްޓްތައް ގެނެސް ލިފްޓްތައް ހަރުކުރުމުގެ މަސައްކަތް ފަށާފައި.މިއަދުގެ ކެމްޕޭން އިވެންޓުގައި ވާހަކަ ދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ.

ފާއިތުވި ކެމްޕޭންގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ހިޔާ ފްލެޓުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލަ ހައްލު ކުރުމުގެ ގޮތުން މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި ކޮންމެ ހިޔާ ޓަވަރެއްގައި ދެ ލިފްޓް ހަރު ކުރުމަށް ހިމަނާފައިވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓް ގާއިމްކުރާނެ ކަމަށާއި، އެއް ލިފްޓަކީ ސްޓްރެޗާ އުފުލޭ ވަރުގެ ބޮޑު ލިފްޓެއް ކަމަށެވެ. އަދި އަނެއް ލިފްޓަކީ ގާތްގަނޑަކަށް 14 މީހުންގެ ކެޕޭސިޓީގެ ލިފްޓެއް ކަމަށެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުގައި ލިފްޓް ހަރުކުރުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވެފައިވާއިރު ރައީސް ވައުދުފުޅާ އެއްގޮތަށް ހިޔާ ފްލެޓްގެ ކުއްޔާއި ވިނަރެސް ފްލެޓުތަކުގެ ކުލި ވަނީ ކުޑަކޮށްފައެވެ.

މިއަދު އޮންލައިން