ހަފްތާ 14 ގައި ކުރަން ނިންމާފައިވާ ކަންކަން ހާސިލުކުރުމަށް ދެ ގަޑިއިރުގެ ކެބިނެޓް ބައްދަލުވުމަކުން ނުފުދޭ: ރައީސް

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 59ސ
ހަފްތާ 14 ގައި ކުރަން ނިންމާފައިވާ ކަންކަން ހާސިލުކުރުމަށް ދެ ގަޑިއިރުގެ ކެބިނެޓް ބައްދަލުވުމަކުން ނުފުދޭ: ރައީސް

ހަފްތާ 14ގައި މި ސަރުކާރުން ކުރަން ނިންމާފައިވާ ކަންކަން ހާސިލުކުރުމަށް ދެ ގަޑިއިރުގެ ކެބިނެޓް ބައްދަލުވުމަކުން ނުފުދޭ ކަމަށާއި އެ މަނިކުފާނާއި އެ މަނިކުފާނުގެ ޓީމު ނިކުމެ ތިއްބެވީ ރައްޔިތުންނަށް ކަންކަން ކޮށްދެއްވާ ހިތުން ކަމަށް ރައީސް މުހައްމަދު މުއިއްޒު  ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހި އިފްތިތާހު ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ސަރުކާރުން އިގްތިސޯދީ މަސައްކަތަށް އިސްކަންދޭ މިންވަރާ ގުޅޭގޮތުން އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިކޮނަމިކް ކައުންސިލުގެ ބައްދަލުވުންތައް ބައެއް ފަހަރު ދުވާލަކު ދެ ފަހަރު ވެސް ބާއްވާ ކަމަށެވެ. އަދި މިއަދުގެ އިކޮނަމިކް ކައުންސިލުގެ ބައްދަލުވުން ނިމުނީ މިރޭ 7 ޖެހި އިރު ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ބައްދަލުވުން ނިންމި ގޮތަށް ވަޑައިގެންނެވީ މިރޭގެ ރަސްމިއްޔާތަށް ކަމަށެވެ.

މީގެ އިތުރުން ހަފްތާ 14ގައި ކަނޑައަޅާފައިވާ ކަންކަން ހާސިލުކުރުމަށް، ކޮންމެ ދުވަހަކު ބާއްވާ ކެބިނެޓު ބައްދަލުވުންތައް ވެސް ދެގަޑިއިރަށް ވުރެ ބައެއް ދުވަސްދުވަހު ދިގުލައިގެންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ހަފްތާ 14ގައި ކަނޑައަޅާފައިވާ ކަންކަން ހާސިލުކުރުމަށް ބާއްވަނީކީ އެއްގަޑިއިރު ދެގަޑިއިރުގެ ކެބިނެޓު މީޓިންއެއް ނޫން. އެވަރަކުން ނުފުދޭ. ދިވެހި ރައްޔިތުންނަށް ހައްގު މިންވަރަކީ އެއީކީ ނޫން. ކަންކަން އަޅުގަނޑުމެން ރަނގަޅަށް ގެންދަން މި ޓީމުން ކުރާ މަސައްކަތުން މުޅި ދުވަސް އެއްކޮށް އެބަ ހޭދަކުރަންޖެހޭ ކެބިނެޓުގައި ވެސް،" ރައީސް ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑުމެން މިތިބީ ރައްޔިތުންނަށްޓަކާ ހިތްވަރާ އެކީގައި މަސައްކަތްކުރާ ހިތުން ނިކުމެ، އިރާދަކުރެއްވިއްޔާ ރައްޔިތުންގެ އުންމީދުތަކުގައި ހަގީގީ ކުލަ އަޅުގަނޑުމެން ޖައްސަދޭނަން،"

އެއާޕޯޓް ޓާމިނަލްގެ ތަސުއްވުރު އިއުލާން ކުރި ސަބަބަކީ ސަރުކާރުން ކުރަނީ ކޮންކޮން މަސައްކަތްތަކެއްކަން ރައްޔިތުންނަށް އެނގެންޖެހޭތީކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިންވެސްޓަރުންނަށްވެސް ސަރުކާރުގެ ވިސްނުން ގެންގުޅެނީ ކިިހިނެއްކަން އެނގެންޖެހޭ ކަމަށާއި މި ރާއްޖެއަށް ހައްގު މިންވަރަކީ ކޮބައިކަން ބޭރު ދުނިޔެއަށް ވެސް ފަހުމުވާން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

މިއަދު އޮންލައިން