މައިންބަފައިން މަރުވެ ކައްވަޅުގައި ތިބޭއިރުވެސް ތިބާ ކުރާ ނުބައި ޢަމަލުތަކުގެ ސަބަބުން ހިތާމަކުރަންޖެހޭ ބައަކަށް ނުހަދާށެވެ!: ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
މައިންބަފައިން މަރުވެ ކައްވަޅުގައި ތިބޭއިރުވެސް ތިބާ ކުރާ ނުބައި ޢަމަލުތަކުގެ ސަބަބުން ހިތާމަކުރަންޖެހޭ ބައަކަށް ނުހަދާށެވެ!: ޢުމަރު ސުލައިމާން

އެމީހުންގެ މައިންބަފައިން ނުވަތަ އެންމެ ލޯބިވާ މީހުން މަރުވުމުން ބައެއް މީހުންނަށް ހީވަނީ އެމީހުންނަށް ދުނިޔޭގައި އުޅުމުގެ މިނިވަންކަން ލިބުނީކަމަށެވެ. ދެން އެމީހުން ކުރާ އެއްވެސް ކަމެއް މަރުވި މީހުންނަށް ނުއެނގޭނެ ކަމަށެވެ. އެހެންކަމަށް ބަލައި ކުރި އުލެމުން އައި ރަނގަޅު މަގު ދޫކޮށްލައި ނުބައި މަގުން ކުރިއަށްދާން ފަށައެވެ. 

ނަމަވެސް އެއީ ޙަޤީޤަތެއް ނޫނެވެ. ﷲ ތަޢާލާ އިރާދަކުރެއްވެވި އަޅަކަށް އޭނާގެ ދަރިން ނުވަތަ އެންމެ ގާތް މީހުން ދުނިޔޭގައި އުޅޭގޮތް އަންގަވައި ދެއްވަވާކަން ޙަދީޘްފުޅަކުން އެނގެން އެބައޮތެވެ. އަދި އެމީހުން ބުނާނެ ބަސްވެސް އެނގެން އެބައޮތެވެ. 

އެމީހުންގެ ދަރިން ނުބައި ގޮތްގޮތަށް އުޅޭނަމަ ﷲ ތަޢާލާއަށް ދަންނަވާނެތެވެ! "ޔާ ﷲ! އިނބަ ﷲ ގެ މަގަށް ރުޖޫޢަވަންދެން އޭނާގެ ފުރާނަ ނުހިއްޕަވާނދޭވެ!" 

އެއީ އެމީހުންގެ ދުޢާއެވެ. އެމީހުން ވާނެދެރައާއި ކުރާނެ ހިތާމަ ނިކަން ހިތްމައްޗަށް ގެނެސްބަލާށެވެ! އިޞްލާޙްވުން އޮތީ އެމީހެއްގެ އަތްމަތީގައެވެ. ޢުމުރު ހަމަވުމުން ފުރާނަ ހިއްޕަވާނެތެވެ. އެކަމުގައި ހިނދުކޮޅެއްވެސް ލަހެއް ނުކުރައްވަވާނެތެވެ. 

ބުނެލަން ބޭނުންވަނީ މައިން ބަފައިން މަރުވުމުން މިނިވަންކަން ލިބުނީ ކަމަށް ހީނުކުރާށެވެ! ފާފަކުރަން ނުފަށާށެވެ! މުހިންމީ މައިންބަފައިން ކައްވަޅުގައި ތިބެގެން ތިބާއަށްޓަކައި ހިތާމަކުރުން އެކަންޏެއް ނޫނެވެ. މުހިންމީ ކުރާ ފާފައިގެ ސަބަބުން ތިބާއަށް އާޚިރަތް ގެއްލި ނަރަކައަށް ވަންނަން ޖެހިދާނެ ކަމެވެ. އެންމެ ބޮޑު ހިތާމައަކަށްވާނީ އެކަމެވެ. 

- އިމާމް ޢުމަރު ސުލައިމާނުގެ ދަރުސަކުން

މިއަދު އޮންލައިން