އިބްރާހީމު عليه السلام އަކީ "ނަބީބޭކަލުންގެ ބަފައިކަލުން"ގެ ގޮތުގައި، ޤުރުއާނުގައި ﷲ ތަޢާލާ ޛިކުރުކުރައްވާފައިވެއެވެ.
﴿مِّلَّةَ أَبِيكُمْ إِبْرَاهِيمَ﴾ [سورة الحج ٧٨]
މާނައީ: "ތިޔަބައިމީހުންގެ ބަފައިކަލުން އިބްރާހީމުގެފާނުގެ މިއްލަތެވެ."
އަދި އެކަލޭގެފާނުގެ ދަރިފަސްކޮޅުން ވަޑައިގެންނެވި 17 ނަބީބޭކަލެއްގެ ނަންފުޅު ﷲ ތަޢާލާ ވަނީ ޤުރުއާނުގައި ޛިކުރުކުރައްވާފައެވެ. އެއީ:
–އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލުގެފާނުގެ ދަރިފަސްކޮޅުން: މުޙައްމަދު صلى الله عليه وسلم އެވެ.
–އެކަލޭގެފާނުގެ ދަރިކަލުން އިސްޙާޤުގެފާނުގެ ދަރިފަސްކޮޅުން: ޔަޢުޤޫބުގެފާނާއި، ޔޫސުފުގެފާނާއި، އައްޔޫބުގެފާނާއި، ޛުލްކިފްލިގެފާނާއި، މޫސާގެފާނާއި، ހާރޫންގެފާނާއި، އިލްޔާސްގެފާނާއި، އަލްޔަސަޢުގެފާނާއި، ޔޫނުސްގެފާނާއި، ދާވޫދުގެފާނާއި، ސުލައިމާނުގެފާނާއި، ޒަކަރިއްޔާގެފާނާއި، ޔަޙްޔާގެފާނު އަދި ޢީސާގެފާނެވެ.
–عليهم السلام –
"الإبطال لنظرية الخلط بين الأديان للشيخ بكر أبو زيد (ص: 52 -53)"
- މަސްދަރު: ދިސަލަފިއްޔާ