މަސްތުވާ ތަކެއްޗަކީ ކޮބާ؟ ބޭނުންކުރާ މީހުންނަށް ޤިޔާމަތްދުވަހު ބޯންޖެހޭނީ ކޮންއެއްޗެއް؟ ޙައްލަކަށް ސަރުކާރަށް ކުރެވޭނެ އެންމެ ފައިދާހުރި ކަމަކީ ކޮބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
މަސްތުވާ ތަކެއްޗަކީ ކޮބާ؟ ބޭނުންކުރާ މީހުންނަށް ޤިޔާމަތްދުވަހު ބޯންޖެހޭނީ ކޮންއެއްޗެއް؟ ޙައްލަކަށް ސަރުކާރަށް ކުރެވޭނެ އެންމެ ފައިދާހުރި ކަމަކީ ކޮބާ؟

ރަސޫލާ ޙަދީޘްކުރެއްވިއެވެ. ”ކޮންމެ މަސްތުވާއެއްޗެއް ޙަރާމް ވެގެންވެއެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހާއަށް ޠީނަތުލް ޚަބާލުން ބޯންދެއްވުމަކީ ހަމަކަށަވަރުން ﷲ ތަޢާލާގެ މައްޗަށްވާ ޢަހުދެކެވެ.“

ޞަޙާބީން ދެންނެވިއެވެ. ”ޠީނަތުލް ޚަބާލަކީ ކޮންއެއްޗެއްތޯއެވެ؟“ 

ޙަދީޘް ކުރެއްވިއެވެ. އެއީ ނަރަކައިގެ އަހުލުވެރިންގެ ދަލެވެ. ނުވަތަ ނަރަކައިގެ އަހުލުވެރިންގެ ގައިން ނުކުންނަ ދޮހާއި ފާދިޔައެވެ.“ (ރަވާޙް މުސްލިމް) 

ޤައުމުގެ ޒުވާނުންގެ ބޮޑުބައެއްގެ މަސްތުވާތަކެތީގެ ވަބާގައި ޖެހި، މުޅި ޤައުމުގެ ކުރިމަގު ނުރައްކަލުގެ ތެރެއަށް ހުށަހެޅިފައިވާ އިރު، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ޒުވާނުން އެކަމުން ސަލާމަތްކުރުމަށްޓަކައި ދައުލަތަށް ކޮށްދެވޭނެ އެންމެ ބޮޑު ކަމަކީ މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމެވެ. 

މިހާރުވެސް ދުނިޔޭގެ 32 ޤައުމެއްގައި މަސްތުވާތަކެތި އެތެރެ ކުރުމުގެ ކުށަށް މަރުގެ އަދަބު ކަނޑައަޅާފައިވެއެވެ.

 

މިއަދު އޮންލައިން