އަނބި ދަރިންނާ މައިންބަފައިން ގަންދީ ހުވާ ކުރުން ހުއްދަވާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
އަނބި ދަރިންނާ މައިންބަފައިން ގަންދީ ހުވާ ކުރުން ހުއްދަވާނެތަ؟

ބައެއް މީހުން ވާހަކަދައްކާއިއރު އޭނާ ދައްކަނީ ތެދުވާހަކަކަން ޔަޤީންކޮށްދިނުމުގެ ގޮތުން އޭނާގެ މައިންބަފައިން ނުވަތަ އަނބިދަރިން ގަންދީ ހުވާކުރެއެވެ. އެއީ ކުރަން ހުއްދަ ކަމެއްތޯއެވެ؟ 

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމާއި ލިޔުމުގައިވާ ޙަދީޘްފުޅުން ޖަވާބުލިބިގެންދާނެ ކަމަށް އުންމީދުކުރަމެވެ! 

ހަމަ ކިރިޔާ ކަމެއް މެދުވާއިރަށް ތިމާ ބުނަނީ ޙައްޤުބަސްތައް ކަމުގައި ދެއްކުމަށްޓަކައި ނުވަތަ ތިމާގެ ތެދުވެރިކަން ސާބިތުކޮށްދިނުމުގެ ގޮތުން މައިން ބަފައިންނާއި އަނބިދަރިން ގަންދީ ބައެއް މީހުން އެބަ ހުވާކުރެއެވެ. 

ފުރަތަމަ ކަމަކީ ﷲ ތަޢާލާ ނޫން ދެވަނަ އެއްވެސް ފަރާތެއް ގަންދީ ހުވާ ނުކުރަން ރަސޫލް () ޙަދީޘްފުޅު ކުރައްވަވާފައިވުމެވެ. ރަސޫލް () ވަނީ އެކަމުގެ ސަބަބުވެސް ޙަދީޘްފުޅު ކުރައްވަވައިފައެވެ. އެއީ ތިބާ ހަދަނީ ތެދެއްކަން މައިންބަފައިންނަށާއި އަނބިދަރިންނަށްވެސް އަދި އެހެން މީހަކަށްވެސް ނުއެނގޭނެތީއެވެ. އެމީހުންނަށްވެސް އެނގޭނީ އެމީހުންނާއި ގުޅިގެން ނުވަތަ އެމީހުން ބައިވެރިކޮށްގެން ކޮށްފައި ހުންނަ ކަންކަން އެކަނި ކަމުގައި ވާތީއެވެ. އެހެންވެސް އެއްވެސް ކަމެއް ނުއެނގޭނެތީއެވެ. 

Prophet Muhammad () said:

"Do not swear by your fathers, or by your mothers, or by rivals to Allah; and swear by Allah only, and swear by Allah only when you are speaking the truth."

Sunan Abi Dawud 3248 

ވީމާ ތިބާ ހާމަކުރަނީ ތެދު ޙަޤީޤަތް ނަމަ ހުވާކުރަންވީ ތިބާ ދައްކާގެ ޙަޤީޤަތް، ދޮގު ތެދު ދެނެވޮޑިގެންވާ ﷲ ތަޢާލާ ގަންދީއެވެ. 

ބައެއް މީހުންނަށް މިފަދަ ކަންކަން ކުރެވެނީ ނުއެނގިތިބެއެވެ. ހިތުގައި އަނބިދަރިންނަށާއި މައިންބަފައިންނަށް އޮންނަ ލޯބީގެ ބޮޑުކަމުން އެފަދަ ބަސްތައް ބުނެވެނީއެވެ. ނަމަވެސް އެފަދަ އެއްވެސް ކަމެއް ކުރާނަމަ ﷲ ތަޢާލާ އަންގަވާފައިވާ މަގުން ކަންކަން ކުރަން ސަމާލުކަން ދޭށެވެ! ހަމައެކަނި ﷲ ތަޢާލާ ގަންދީ ހުވާކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން