"ގެއްލިގެން ދިއަ "ޅަފުރާގައި" ޢިލްމް އާއި ހުނަރުގެ ޤަދަރް އިޙްޞާޞް ކުރެވުނު ނަމަ މަންފާއެއް ނުކުރަނިވި ދޮގު ފުލޯކު ވާހަކަ ފޮތްތައް ބަލާކަށް، ތާސްބައާ ކުޅޭކަށް ހަމަހިލާވެސް ނޫޅުނީމުހެވެ." -.
މިއީ ރާއްޖޭގައި އުފެދުނު ފިލޯސަފަރުންގެ ތެރެއިން އަރާ ހުންނެވި ބޭފުޅެއްކަމުގައިވާ ޢުމަރު ޢީސާ، އޭނާ "ތަޖުރިބާއިން އަޅުގަނޑަށް އެނގިއްޖެއެވެ" ސުރުޚީޣެދަށުން ލިޔުއްވާފައިވާ ބަސްފުޅެކެވެ.
ޢުމަރު ޢީޞާ ފާހަގަކުރައްވާފައިއެވަނީ ތިމާއަށް އެއްވެސް މަންފާއެއް ނުކުރާނެ ކަންކަމުގައި ވަގުތު ހޭދަކުރުމުގެ ހުރި ނުބައިކަމެވެ. ފޮތްކިޔާއިރުވެސް ތިމާއަށް ފައިދާކުރާނެ ފޮތްތައް ކިޔުމުގެ މުހިންމުކަމެވެ.
އެޒަމާނުގައި ތާސްކުޅުމަކީ ޢާންމުކަމެއް ނަމަވެސް މިއަދު ތާސްކުޅުން މިވަނީ ތާސްބައިގެ ބަދަލުގައި ފޯނުންކުޅޭ ގޭމަކަށް ބަދަލުވެފައެވެ. އަދި ގޭމްކުޅުމުގައި ގިނަ ވަގުތު ހޭދަކުރުން މިވަނީ ޢާންމު ވަބާއަކަށްވެފައެވެ. އެހެންކަމުން މިިފަދަ ބުއްދިވެރި ބޭފުޅުން ވިދާޅުވެފައިވާ މިފަދަ ބަސްފުޅުތަކުން ޢިބްރަތް ޙާޞިލުކުރުން ބުއްދިވެރިއެވެ.