އަޅުކަންކުރި ނަމަވެސް ކުރަންޖެހޭ ގޮތަށް ނުކުރެވޭސަބަބާ ފުރިހަމަ ގޮތުގަ އަޅުކަންކުރެވޭނެ މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
އަޅުކަންކުރި ނަމަވެސް ކުރަންޖެހޭ ގޮތަށް ނުކުރެވޭސަބަބާ ފުރިހަމަ ގޮތުގަ އަޅުކަންކުރެވޭނެ މަގު-

އަހަރެމެން މުސްލިމުންގެ ތެރެއިން ގިނަ ބައަކު ﷲ ތަޢާލާއަށް އަޅުކަންކުރެއެވެ. ނަމަވެސް ކުރަންޖެހޭ ގޮތަށް އަޅުކަން ކުރެވެނީ ވަރަށް މަދު މީހަކަށް ވަރަށް މަދުފަހަރަކުއެވެ. ކުރަންޖެހޭ ގޮތަށް ނުކުރެވެނީ ތިމާމިކުރަނީ ﷲ ތަޢާލާއަށް ކުރާ ކަމެއް ކަމަށް ޤަބޫލުކޮށްގެން ކުރެވޭތީއެވެ.  

ރަނގަޅަށް ހަނދާނުގައި ހަރުލައްވާށެވެ! އަޅުކަން ކުރަންވީ ﷲ ތަޢާލާއަށްޓަކައެއް ނޫނެވެ. ތިބާ އެއްވެސް އަޅުކަމެއް ނުކުރި ނަމަވެސް ﷲ ތަޢާލާއަށް ޛައްރެއްގެ މިންވަރުވެސް އުނިވެވޮޑިގެނެއް ނުވެއެވެ. އެއްވެސް މީހެއްގެ ކިބައިން އެއްވެސް ކަމަކަށް ﷲ ތަޢާލާ ބޭނުންފުޅުވެވޮޑިގެނެއް ނުވެއެވެ. މަލާއިތަކެއްގެ ކިބައިންވެސް މެއެވެ. 

އަޅުަކްނކުރަންވީ ތިމާއަށްޓަކައެވެ. ތިމށާއަށް ދުނިޔެއާއި އާޚިރަތުގައި ހެޔޮ ރަޙްމަތް ލެއްވެވުން އެދިގެންނެވެ. ތިމާ ނަރަކައިން ސަލާމަތްވެ ސުވަރުގެ ވަނުމަށެވެ. 

އެއްވެސް މީހެއްގެ ކިބައިން އެއްވެސް ކަމަކަށް ﷲ ތައާލާ ބޭނުންފުޅުވެވޮޑިގެންނުވާއިރު  މީސްތަކުން ކޮންމެ ކަމަކަށް ވެސް ﷲ ތަޢާލާގެ ޙަޟްރަތުން ވާގި ބޭނުންވެއެވެ. ﷲ ތައާލާގެ ރަޙްމަތްފުޅަށް ބޭނުންވެއެވެ.

ކޮންމެ ކަމެއް ކުރި ނަމަވެސް އެކަމެއް މިކުރަނީ ތިމާއަށްޓަކައި ކަމަށް ޤަބޫލުކޮށްގެން ކުރާނަމަ އެކަމެއް ވާން އޮތް އެންމެ ފުރިހަމައަކަށް ކުރުމުގެ ޝައުޤުވެރިކަން އިތުރުވާނެއެވެ. އެކަމެއް ކުރަން ދެވޭ ސަމާލުކަންވެސް އިތުރުވާނެއެވެ. 

ވީމާ ކޮންމެ އަޅުކަމެއް ކުރި ނަމަވެސް އެކަން މިކުރަނީ ޚުދު ތިމާއަށްޓަކައި ކަމަށް ޤަބޫލުކޮށްގެން ކުރާށެވެ! ފުރިހަމައަށް އަޅުކަން ކުރެވޭނީ އެއިރުންނެވެ. ނަމާދުކުރި ނަމަވެސް ކީރިތި ޤުރްއާން ކިޔެވި ނަމަވެސް އަދި އެހެން އަޅުކަމެއް ކުރި ނަމަވެސް އެކަން މިކުރަނީ ޚުދު ތިމާއަށްޓަކައި ކަމަށް ޤަބޫލުކޮށްގެން އެކަން ކުރާށެވެ. ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާ ފެންވަރުގައި އަޅުކަން ކުރެވޭނީ އެއިރުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން