ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ 30 އިންސައްތަ ތާއީދު ލިބިގެން ވެރިކަމަށް އަންނަން ތާއީދު ނުކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިޚާބް ކާމިޔާބުކުރަންޖެހޭނީ 50 އިންސައްތަ ވޯޓުން ކަމަށް އެމަނިކުފާނު ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.
ރައީސް ޞާލިޙް ވިދާޅުވީ އެއްވެސް ޕާޓީއަކުން އެކަނި ނުކުމެ 50 އިންސައްތަ ހޯދިދާނެ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށާއި ކޯލިޝަނަކާއެކު ނުކުމެވަޑައިގެން 50 އިންސައްތަ އެމަނިކުފާނަށް ކާމިޔާބުކުރެއްވޭނެ