އިސްލާމް ދީނަށް، ﷲ ތަޢާލާއަށް، ރަސޫލް ﷺ އަށް ފުރައްސާރަކޮށްފިނަމަ އެއްވެސް މީހަކަށް، ޖަމާޢަތަކަށް ބެލުމެއް ނެތި ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީ ސަރުކާރުގެ ތަރުޖަމާނު ދެއްކި ވާހަކަތައް ސަރުކާރުން ކުށްވެރިކޮށްފައިވާނެ ކަމަށެވެ. އަދި އެފަދަ ކަމެއްގައި އެފަދަ ކަމެއް ކުރީ ކޮން ފަރާތަކުންކަން ސަރުކާރުން ނުބަލާނެ ކަމަށެވެ.
އިންޑިއާގެ ބޮޑުވަޒިރު މޯދީއަކީ ހިންދޫ ހަރުކަށި ޖަމާޢަތެއްގެ މެންބަރަކަށްވެފައި އޭނާގެ ބޮޑުވަޒީރުކަމުގައި މުސްލިމުންނަށް އަނިޔާވެރިވުމާއި މުސްލިމުން މެރުން އިންޑިއާގައި ހައްދުފަހަނައަޅާފައިވީނަމަވެސް 2019 ވަނައަހަރު ރާއްޖެއިން މޯދީއަށް ދީފައިވާ ނިޝާން ޢިއްޒުއްދީންގެ ޝަރަފް މޯދީއަތުން ނިގުޅައިގަތުމާއިމެދު ސާފު ޖަވާބެއް ރައީސް ޞާލިޙް ދެއްވާފައެއް ނުވެއެވެ.
We call the Maldivian government to immediately strip Modi off the honour 'The Most Honourable Order of the Distinguished Rule of Nishan Izzuddeen', conferred in 2019.#stripModiOffHonour pic.twitter.com/wu6at4Ww0V
— Ali Rameez (@aliramyz) June 7, 2022