އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުވެސް އެމްޑީޕީ އެކަނި ނުކުމެ ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމަށާއި ކާމިޔާބުކުރެވޭނީ އެމްޑީޕީ އިސްވެ އޮވެ ކޯލިޝަނަކާއިއެކުގައި ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިއަދު ވިދާޅުވީ އެންމެ މުހިންމީ އެމްޑީޕީ އިސްވެ އޮވެ ވެރިކަންކުރާ ސަރުކާރެއް އޮތުންކަމަށާއި މިހާރު ފަށާފައިވާ މަޝްރޫޢުތައް ހުއްޓާނުލައި ކުރިއަށް ގެންދެވޭނީ އެއިރުން ކަމަށެވެ.
އެމްޑީޕީ ބޭނުންވާނަމަ ރިޔާސީ ކެންޑިޑޭޓަކަށްވެވަޑައިގަންނަވަން ތައްޔާރަށް ހުންނެވިކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވައިފައެވެ.