ޔޫއެ.ން.އެފް.ޕީއޭ އާއި ވިލާ ކޮލެޖު ގުޅިގެން ޕެނަލް ޑިސްކަޝަން އެއް ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ޔޫއެ.ން.އެފް.ޕީއޭ އާއި ވިލާ ކޮލެޖު ގުޅިގެން ޕެނަލް ޑިސްކަޝަން އެއް ބާއްވައިފި

ޔުނައިޓެޑް ނޭޝަންސް ޕޮޕިޔުލޭޝަން ފަންޑް (ޔޫއެ.ން.އެފް.ޕީއޭ.) އާއި ވިލާ ކޮލެޖު ގުޅިގެން ޕެނަލް ޑިސްކަޝަން އެއް ބާއްވައިފިއެވެ.

"ސްޓޭޓް އޮފް ދަ ވާރލްޑް ޕޮޕިއުލޭޝަން ރިޕޯރޓް 2022" ލޯންޗު ކުރުމުގެ ހަފުލާ 7 ޖޫން 2022 ވީ އަންގާރަ ދުވަހު މީރުމާ ހޮޓެލްގައި ބާއްވާފައިވާއިރު މިއީ އާބާދީ އާއި ގުޅުންހުރި ދިރާސާތަކާއި މަޢުލޫމާތު ހާމަކުރުމުގައި އެއްބާރުލުން ދިނުމަށް ޔޫއެ.ން.އެފް.ޕީއޭ އާއި ވިލާ ކޮލެޖު ގުޅިގެން ކުރިއަށް ގެންދެވޭ މަސައްކަތްތަކުގެ ތެރެއިން ހިންގުނު ހަރަކާތެކެވެ.

މިހަފުލާ ޝަރަފްވެރިކޮށްދެއްވަވާ ރިޕޯރޓް ލޯންޗު ކޮށްދެއްވެވީ ދިވެހިރާއްޖޭގެ ފަރސްޓްލޭޑީ ފަޒްނާ އަހްމަދެވެ. މިހަފްލާގައި މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސްޓޭޓް މިނިސްޓަރުންނާއި ޔޫއެންއެފްޕީއޭ އިސްވެރިންނާއި ވިލާ ކޮލެޖްގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޔޫއެންއެފްޕީއޭގެ 2022 ވަނަ އަހަރުގެ ސްޓޭޓް އޮފް ދަ ވާރލްޑް ޕޮޕިއުލޭޝަން ރިޕޯރޓްގެ ޝިއާރަކީ

“Seeing the Unseen: The case for action in the neglected crisis of unintended pregnancy”

މިޝިއާރާއި ގުޅޭގޮތުން މިހަފްލާގައި ޕެނަލް ޑިސްކަޝަން އެއް ވަނީ ބާއްވާފައެވެ. މިޑިސްކަޝަންގައި އިޖުތިމާޢީ ސިޔާސަތު ކަނޑައަޅުއްވާ ފަރާތްތަކާއި އިޖުތިމާޢީ އަދި ދީނީ ދާއިރާގެ ފަންނީ ބޭފުޅުން ހިމެނޭ ޕެނަލްގެ މެންބަރުން ދިވެހިރާއްޖޭގައި "އަންއިންޓެންޑެޑް ޕްރެގްނެންސީ" މައްސަލަ އޮތްގޮތާއި ކުރިމަގުގައި ކަންކުރާނެ ގޮތްތަކާއި ގުޅޭގޮތުން އިލްމީ ގޮތުން ބަހުސް ކުރެއްވިއެވެ.    

 

  

  

މިއަދު އޮންލައިން