ދެވަނަ ޖުމްހޫރިއްޔާގެ އެއްވެސް ސަރުކާރަކުން ނުކުރިނަމަވެސް ރާއްޖޭގައި މީހުން ދިރިއުޅެން ފެށީންސުރެ އެކަން ނުކުރިނަމަވެސް އެއީ ﷲ ތަޢާލާ ބާވައިލައްވަވާފައިވާ ޙައްދުތައް ތަންފީޒު ނުކުރަން ދެއްކޭނެ ޙުއްޖަތެއްތޯއެވެ؟
މިސުވާލު ހޯމް މިނިސްޓަރ ޝައިޚް އިމްރާނަށް ކުރަންޖެހެނީ މަޖިލީހުގައި އިއްޔެ ޝައިޚް އިމްރާން ދައްކަވާފައިވާ ވާހަކަފުޅުތަކުގައި ދެވަނަ ޖުމްހޫރިއްޔާގެ އެއްވެސް ސަރުކާރަކުން މަރުގެ އަދަބު ތަންފީޒުނުކޮށް އޮތް އޮތުމަކީ އެކަން ނުކޮށް ދަމަހައްޓަން ލިބޭ ޙުއްޖަތެއްކަން ބަޔާން ކުރައްވަން މަސައްކަތްކުރައްވާފައިވާކަން ފާހަގަކުރެވޭތީއެވެ.
އިތުރު ސުވާލެއްވެސް ކޮށްލަން ބޭނުމެވެ. ޒިނޭކުރުމުން ޖަހަމުން އައި ޙައްދު ޖަހާތަން މިހާރު ނުފެންނަނީވެސް ދެވަނަ ޖުމްހޫރިއްޔާގެ އެއްވެސް ސަރުކާރަކުން އެކަން ނުކޮށް އޮތުމުންތޯއެވެ؟
މިއަދުވެސް ތަކުރާރުކޮށްލަން ބޭނުންވެއެވެ. 2011 ވަނަ އަހަރު ވަގުތުން މަސާޖްޕާލަރތައް ބަންދުކުރަން މަނިކުފާނު ގޮވާލައްވާފައިވާއިރު އެކަން ތަންފީޒުކުރުމުގެ ބާރުކުރުމުގެ ބާރުލިބުމުން ތަންފީޒު ނުކުރަނީ މިހާރު އެކަން ހުއްދަވީތޯއެވެ؟ އެއިރު އެކަންކަން ކުރީ ސިއްރިޔާތުގައި ކަމަސްވީނަމަވެސް މިހާރުކުރަނީ އިޝްތިހާރުކޮށްގެން ނޫންތޯއެވެ؟
ގުޅުންހުރި ވީޑިއޯ:
https://www.facebook.com/vtvmv/videos/1003092797049395