ގިނަގިނައިން ފާފަ ފުއްސެވުން އެދި ދަންނަވަންޖެހޭ ސަބަބާއި އެކަމުގެ ފައިދާ ވަނީ ގިނަ ބައަކަށް އޮޅިފައެވެ. ޙަޤީޤަތަކީ ފާފައެއް ކުރެވުމުން އިޚްލާޞްތެރިކަމާއިއެކު ތައުބާވެ ފާފަ ފުސއސަވައި ދެއްވެވުން އެދި ދެންނެވުން އެކަން އެއޮތީ ނިމިފައެވެ. އެމީހެއްގެ ﷲާފަ ﷲ ތަޢާލާ ފުއްސަވައި ދެއްވަވާނެތެވެ.
ދެން އޮތީ ފާފަފުއްސަވައި ދެއްވެވުން އެދި ގިނަގިނައިން ދެންނެވުމުން ކުރާނެ ފައިދާއެވެ. ތައުބާވެ ފާފަނުކޮށް ހުންނަ ޙާލުގައިވެސް ފާފަ ފުއްސަވައިދެއްވެވުން އެދި ގިނަގިނައިން ދެންނެވުމަކީ އެކަމުގެ ސަބަބުން އެމީހާގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގައި އުފުލި މަތިވެރިވަމުންދާނެ ސަބަބެކެވެ. އެމީހާގެ ދަރަޖަ މަތިވެރިކުރަން އެދޭމީހާ ތައުބާވުން ގިނަކުރާށެވެ.
ވިސްނައިލާށެވެ! ރަސޫލް ﷺ ގެ ހުރިހާ ފާފަތަކެއް ﷲ ތަޢާލާ ފުއްސަވައި ދެއްވަވާފައިވާކަން ރަނގަޅަށް އެނގިވަޑައި ހުންނަވައިގެންވެސް ކޮންމެ ދުވަހަކު 70- 100 ފަހަރު ތައުބާވެވަޑައިގަންނަވަމުން ގެންދެވީ އެކަމުގެ މުހިންމުކަން އުންމަތަށް ބަޔާކޮށްދެއްވެވުމަށެވެ. އެކަން އަހަރެމެންވެސް ކުރަންވާނެއެވެ.
ކޮންމެ ނަމާދެއް ނިމިގެން އަހަރެމެން 3 ފަހަރު އަސްތަޣްފިރުﷲ ކިޔައި ފާފަ ފުއްސަވައި ދެއްވެވުމަށް އެދެމުއެވެ. އަހަރެން ބުނާނީ ނަމާދުކޮށް، ޛިކުރުކޮށް ނިމިގެން މިސްކިތުނަ ފައިބާއިރުވެސް އަސްތަޣްފިރުﷲ ކިޔަމުން ފައިބާށެވެ. އެއިރުން އެއްވެސް ބުަރަކަމަކާއި ނުލައި ކޮންމެ ދުވަހަކު 100 ފަހަރު ކިޔޭނެތީއެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން