ކިތަންމެ ބޮޑު، ސީރިއަސް ބައްޔެއް ޖެހިފައިވާކަން އެނގުނަސް ހިތާމަނުކޮށް އުފާކުރާށެވެ! އެއީ ދެއްވެވި ބޮޑު ނިޢްމަތަކަށްވާ ސަބަބު-

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
ކިތަންމެ ބޮޑު، ސީރިއަސް ބައްޔެއް ޖެހިފައިވާކަން އެނގުނަސް ހިތާމަނުކޮށް އުފާކުރާށެވެ! އެއީ ދެއްވެވި ބޮޑު ނިޢްމަތަކަށްވާ ސަބަބު-

ބޮޑު ބައްޔެއް ޖެހިފައިވާކަން އެނގިއްޖެނަމަ އަހަރެމެންނަށް ޢާންމުގޮތެއްގައި ކުރެވޭ ކަމަކީ ކަންބޮޑުވެ ހިތާމަކުރުމެވެ. ނަމަވެސް އަހަރެން ބުނާނީ ކިތަންމެ ބޮޑު ބައްޔެއް ޖެހިފައިވާކަން އެނގުނު ނަމަވެސް ކަންބޯޑުނުވެ އުފާކުރާށެވެ! 

މިސާލަކަށް މީހަކަށް ކެންސަރުޖެހިފައިވާކަން އެނގުނީ 4 ވަނަ ސްޓޭޖަށް ދިއަފަހުންނެވެ. އެހިސާބުން ގިނަ މީހުންނަށް ގޮތްހުސްވެއެވެ. ކުރާނެ ނުކުރާނެ ކަމެއް ނުއެނގިގެން ތެޅިފޮޅެއެވެ. އަހަރެން ބުނާނީ އެހާލަތުގައިވެސް ކަންބޮޑުވެ ރޮއި ހޮތާމަކޮށް ނުހެދުމަށެވެ. 

އެއީ ކީއްވެގެންކަންވެސް ބުނެދޭނަމެވެ. މިސާލަކަށް އެކްސިޑެންޓެއްގައި ނުވަތަ ހާޓް އެތޭކެއްޖެހިގެން މަރުވާ މީހުން އެމަރުވަނީ ކުއްލިއަކަށެވެ. ތައުބާވުމަށްވެސް ފުރުޞަތު ނުލިބިއެވެ. ނަމަވެސް އެމީހަކަށް ނުރައްކައުތެރި ބޮޑު ބައްޔެއް ޖެހިފައިވާކަން އެނގުމަކީ ތައުބާވެ މަރަށް ތައްޔާރުވާން ފުރުޞަތުލިބޭ ކަމެކެވެ. 

އަދި ކީއްހެއްޔެވެ؟ ބަލީގެ ޙާލަތު ހުންނަގޮތުން މަރުވާނެކަމަށް ޑޮކްތަރުން ބުނާ މުއްދަތުގައި މަރުނުވެ އެއިގެ ފަހުން އެތައް ދުވަހެއްވަންދެންވެސް ގިނަ ބައަކު ދުނިޔޭގައި ތިބެއެވެ. އެކަމުން އެނގެނީ ކޮންމެ މީހެއްގެވެސް ފުރާނަ ހިއްޕަވާނެ ވަގުތު ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާ ކަމެވެ. އެކަން އެނގޭނެ އެއްވެސް މީހަކު ނުހުންނާނެ ކަމެވެ. 

ވީމާ ކިތަންމެ ބޮޑު ބައްޔެއް ޖެހިފައިވާކަން އެނގުނު ނަމަވެސް ދެރަވެ މާޔޫސްނުވާށެވެ! މިންވަރަށް އީމާންވުމަކީ އެއީއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން