އަނބިން ވަރަށް ގިނައިން ހަދިޔާ ބޭނުންވާނެ! ލަސްވެގެން ކޮންމެ 2 ހަފްތާއަކުން ކިތަންމެ ކުޑަނަމަވެސް ހަދިޔާއެއް ދީބަލާށެވެ! ތަފާތު ފެންނާނެ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
އަނބިން ވަރަށް ގިނައިން ހަދިޔާ ބޭނުންވާނެ! ލަސްވެގެން ކޮންމެ 2 ހަފްތާއަކުން ކިތަންމެ ކުޑަނަމަވެސް ހަދިޔާއެއް ދީބަލާށެވެ! ތަފާތު ފެންނާނެ!

ދެމަފިރިން އެކަކު އަނެކަކަށް ހަދިޔާ ދިނުމަކީ ދެމަފިރިންގެ މެދުގައި ލޯބި އިތުރުވާނެ ކަމެކެވެ. އެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. ވީމާ އެއީ މީހަކު ބުނީތީ ކުރަން އޮތް ކަމެއް ނޫނެވެ. ޔަޤިންކަމާއިއެކު ކުރަން އޮތް ކަމެކެވެ. 

ހަދިޔާ ދިނުމުގައި ފާހަގަކުރަންޖެހޭ އެއްކަމަކީ ފިރިހެނުން ޢާންމު ގޮތެއްގައި ބޭނުންވާނީ އަގުބޮޑު އެއްޗެއްސެވެ. ވީމާ ގިނައިން ދިނުމުގެ ބަދަލުގައި އަހަރަކު އެއްފަހަރު ނަމަވެސް އަގުހުރި އެއްޗެއްދޭށެވެ. 

އަނބިމީހާއަކީ އަމިއްލަމަސައްކަތުން އާމްދަނީ ނުހޯދައި ގޭގައި އިންނަ އަނތބަކުނަމަ ފިރިން ވިސްނައިލަންޖެހޭނެ ކަމަކީ އަނބިމީހާއަށް ހަދިޔާދެވޭނީ ފިރިމީހާ އެކަމަށް މަގުފަހިކޮށްދިނުމުންކަމެވެ. ވީމާ އަނބިމީހާއަތަށް ޚަރަދުކުރާނެ ފައިސާދޭއިރު އެކަމަށް ވިސްނައި ކޮންމެވެސް މިންވަރެއް ބާކީ ކުރެވޭނެވަރަށް ދޭންވާނެއެވެ. 

ދެން އަނބިމީހާއަށް ބަލައިފިނަމަ އަންހެނުންގެ ޠަބީޢަތް ހުންނަގޮތުން އެމީހުންނަކީ ވަރަށް ގިނައިން ހަދިޔާ ބޭނުންވާ ބައެކެވެ. ވީމާ ކިތަންމެ ކުޑައެއްޗެއް ނަމަވެސް ގިނައިން ދޭށެވެ. ކޮންމެ ހަފްތާއަކު ނުދެވުނު ނަމަވެސް މަދުވެގެން މަހަކު ދެ ފަހަރު އަނބިމީހާއަށް ހަދިޔާއެއް ދޭންވާނެއެވެ. 

އަނބިންނަށްވެސް އެކި ދުވަސްތަކުގައި، ކައިވެނީގެ އަހަރީ ދުވަސް ފަދަ ދުވަސްތަކުގައި ލިބުނު މިންވަރަކުން އަގުބޮޑު ހަދިޔާއެއް ޑޭން މަސައްކަތްކުރަންވާނެއެވެ. އެއީ ދީން މަނާކުރާ ކަމެއް ނޫނެވެ. އެހެނީ ކައިވެނީގެ އަހަރީ ދުވަސް ފާހަގަކުރުމަކީ ދެމީހުންގެ މެދުގައި ލޯބި އިތުރުވާ ކަމެކެވެ. 

ދެން ބަލައިލަންވީ މާލީ ކަންކަން ހުންނަގޮތުން ކުޑަ ހަދިޔާއެއްވެސް ގަނެނުލެވޭނެ ފެންވަރުގެ މީހުންނަށެވެ. އެފަދަ މީހުން ނިކަން އަތުން ލޯބީގެ ޅެންބައިތެއް ލިޔެލާފައި ނަމަވެސް ދީބަލާށެވެ. ފިހާރަތަކުން މައު ނުގަނެވޭނަމަ ކޮންމެވެސް ތަނެއްގައި ހުރި ގަހަކުން މަލެއް ބިނދެލާފައި ނަމަވެސް އަނބިމީހާއަށް ދީބަލާށެވެ.

މިއަދު އޮންލައިން