މިއަދު މާލޭއިން އަށްސަތޭކައަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެ, ޖުމްލަ ސާދަސަތޭކައިން މައްޗަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
މިއަދު މާލޭއިން އަށްސަތޭކައަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެ, ޖުމްލަ ސާދަސަތޭކައިން މައްޗަށް!

މިއަދު މާލޭއިން އަށްސަތޭކައަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެ, ޖުމްލަ ސާދަސަތޭކައިން މަތިވެއްޖެއެވެ.

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާލެ ސަރަހައްދުން ބައްޔަށް ޕޮޒިޓިވްވީ 826 މީހަކާއި އަތޮޅުތެރެއިން ޕޮޒިޓިވްވި 346 މީހެއްގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި 84 މީހެކެވެ. މިއަދު ޖުމްލަ ޕޮޒިޓިވްވީ 1420 މީހުންނެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 6456 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 97730 އަށް އަރައިފައެވެ. 

މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 105001 އަށް އަރައިފައެވެ. މި ބައްޔަށް 6993 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 32 މީހުންނަށެވެ.

މި ބަލީގައި ޖުމްލަ ނިޔާވެފައިވަނީ 265 މީހުންނެވެ.

މިއަދު އޮންލައިން