ރޭއަޅުކަން ނުކުރާ މީހަކު ދުޢާ ޢިޖާބަ ނުކުރައްވަވައިގެން ކަންބޮޑުވެވޭނެ ގޮތެއް ނެތް! އެއީ މާފަސޭހައިން ކުރެވެން އޮތް ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ރޭއަޅުކަން ނުކުރާ މީހަކު ދުޢާ ޢިޖާބަ ނުކުރައްވަވައިގެން ކަންބޮޑުވެވޭނެ ގޮތެއް ނެތް! އެއީ މާފަސޭހައިން ކުރެވެން އޮތް ކަމެއް!

ކަންކަމަށް ބޭނުންވެގެން ދުޢާކުރުމުންވެސް ޢިޖާބަނުކުރައްވަވާތީ ގިނަ ބައަކު ކަންބޮޑުވެއެވެ. އަހުރެން އެމީހުންނާކުރާ ފުރަތަމަ ސުވާލަކީވެސް ރޭއަޅުކަންކުރަމުތޯއެވެ؟ ގިނަ ބައެއްގެ ޖަވާބަކީ ނުކުރާ ކަމެވެ. އަހުރެން ބުނަމެވެ. އެހެންވީއިރު ކަންބޮޑުވުމެއް ނެތެވެ. ކަންބޮޑުވެވޭނެ ގޮތެއްވެސް ނެތެވެ. އެއީ މާފަސޭހައިން ކުރެވެން އޮތް ކަމެކެވެ.  

އަޑުއަހާށެވެ! ބައެއް މީހުން ވަރަށް ފަސޭހައި ބުނެ އުޅެއެވެ. "ރޭއަޅުކަން ކުރަން ބޭނުންވެއެވެ. ނަމަވެސް ނުހޭލެވެނީއެވެ. ދުވާލު މަސައްކަތުގައި އުޅެންޖެހޭތީ މާބޮޑަށް ވަރުބަލިވަނީއެވެ. އެހެންވެ ހަށިގަނޑު ލޮޑުވެ ކަންނެތްވަނީއެވެ."  

މީސްތަކުންނޭވެ! މިއީ އެއްވެސް ގޮތަކަށް ދެކޮޅުޖެހޭ ވާހަކަތަކެއް ނޫނެވެ. އެއްވެސް ނަފްސަކަށް ނުއުފުއްލޭނެވަރުގެ ތަކްލީފެއް ﷲ ތަޢާލާ ނުޖައްސަވާނެކަން ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ. ވީމާ ފަރުޟުތަކާއި ސުންނަތްތައް ލައްވަވާފައި އެވަނީ މީސްތަކުންނަށް އެކަންކަން ކުރެވޭނެތީއެވެ. ވީމާ ނުކުރަން ދެއްކޭނެ އެއްވެސް ބަހަނާއެއް ނެތެވެ.  

ބުނަންހެއްޔެވެ؟ ފަރުޟް ނަމާދުތައް ކުރަން ބުރައަކަށްވާ މީހުންވެސް ބައިވަރެވެ. ގިނައީވެސް ބުރައަކަށް ހަދާ މީހުންނެވެ. އެއީ ޙަޤީޤަތަކަށް ހެދޭނީ ނުވަތަ ފަރުޟު ނަމާދުތައް ކުރުމަކީ ބުރައަކަށް ހަދާނީ ކިހިނަކުންހެއްޔެވެ؟ އެކަން ﷲ ތަޢާލާ ޤަބޫލުފުޅެއް ނުކުރައްވަވާނެތެވެ.  

ސުންނަތް ނަމާދުތަކުގައިވެސް އޮތީ ހަމަ މިފަދަ ގޮތެކެވެ. ހަމައެކަނި ތަފާތަކީ ފަރުމު ނަމާދުތަކުގެ ރަކްއަތް މަދުނުކުރެވޭނެ ކަމާއި ސުންނަތް ނަމާދުތަކުގައި ރަކްއަތް މަދުކުރެވިދާނެ ކަމެވެ. މިޘާލަކަށް 4 ރަކްއަތް ފަރުޟް ނަމާދެއްގައި ރަކްއަތުގެ ޢަދަދު މަދެއް ނުކުރެވޭނެއެވެ. ނަމަވެސް ރޭއަޅުކަމުގައިވެސް ނުވަތަ ޟުޙާ ނަމާދުގައިވެސް އެންމެ 2 ރަކްޢަތް ކުރިނަމަވެސް ފުދޭނެއެވެ.  

ﷲ ތަޢާލާ އަންގަވާފައިވާ މަގުން ޜޭއަޅުކަންކުރާ މީހުންނަށް ﷲ ތަޢާލާ ފަޚުރުވެރިވެވޮޑިގެން ތައްރީފްގެ ބަސްފުޅު ވަޙީކުރައްވަވަތެވެ. އެފަދަ މީހަކު ކަމުގައިވުމަށް ޝައުޤުވެރިކަން ނެތިއްޖެ މީހަކީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބުމަށް އެދޭ މީހަކަށްވެވޭނީ ކިހިނަކުންހެއްޔެވެ؟ ވީމާ މިކަންކަމަށް ވިސްނައިލާށެވެ. ކޮންމެ ޙާލެއްގައި ނަމަވެސް ރޭއަޅުކަންކުރާ މީހަކަށްވާށެވެ!

 

- މަޢުލުމާތު: އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން