ވެކްސިން ނުޖަހާމީހުން ނަށް މިއަދުންފެށިގެން ބައެއް ޚިދުމަތްތަށް މަނާކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ވެކްސިން ނުޖަހާމީހުން ނަށް މިއަދުންފެށިގެން ބައެއް ޚިދުމަތްތަށް މަނާކޮށްފި

ކޮވިޑް-19 ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާމީހުން ނަށް މިއަދުންފެށިގެން ބައެއް ޚިދުމަތްތަށް މަނާކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖިމްތަކާއި ސެލޫން ފަދަ ވިޔަފާރިތަކުން ހިދުމަތް ހޯދާ ފަރާތްތަކުގެ ތެރެއިން ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާނަމަ އެ މީހުންނަށް އެއްވެސް ހިދުމަތެއް ނުދިނުމަށާއި އިމްޕޯޓް މުދާ ވިއްކާ ތަންތަނުން އަދި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ވެސް ވެކްސިން ޖަހާފައިވާ ފަރާތްތަކަށް އިސްކަން ދިނުމަށެވެ.

ރަޖިސްޓްރީކޮށްފައިވާ ހުރިހާ ވިޔަފާރިތަކުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާނަމަ އާންމު އުސޫލުގެ ދަށުން ދެ ހަފްތާއިން ޕީސީއާރް ޓެސްޓް ހަދަން ޖެހޭނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް މިއަދުން ފެށިގެން ސުކޫލްތަކަށް ނުވަދެވޭއިރު ވެކްސިން ފުރިހަމަ ނުކުރާ މީހުން ދަތުރުފަތުރުކުރާ އުޅަނދުތަކަށް ނޭރުވުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އަންގާފައެވެ. އަދި އޮފީސްތަކުގެ މުވައްޒަފުންނާއި ކޯޓުތަކުގެ ފަނޑިޔާރުން ވެސް އޮފީހަށް ނިކުންނަން ޖެހޭނީ ޕީސީއާރް ހަދާ، ނެގެޓިވް ނަތީޖާއަކާ އެކުއެވެ. 

މިއަދު އޮންލައިން