މިއީ ކޮންމެހެންވެސް 2 އިރު ކިޔަންޖެހޭ ޛިކުރެއް! ކިޔައިގެން ހުއްޓާ ކުއްލި ނުރައްކަލެއްވެސް ދިމާނުވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
މިއީ ކޮންމެހެންވެސް 2 އިރު ކިޔަންޖެހޭ ޛިކުރެއް! ކިޔައިގެން ހުއްޓާ ކުއްލި ނުރައްކަލެއްވެސް ދިމާނުވާނެ! އިން ޝާ ﷲ

މި ޛިކުރަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައަކު މިހާރުވެސް ކިޔާ ޛިކުރެކެވެ. ނަމަވެސް ވަރަށް ގިނަ މީހުންނަކީ ޛިކުރުކުރުމުގައި ފަރުވާކުޑަކުރެވޭ ބައެކެވެ. ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔާލަން ނަގާނީ 10 ވަރަކަށް މިނިޓް ނަމަވެސް އެވަރުގެ ވަގުތުކޮޅެއްވެސ ގިނަ ބައަކަށް އޮންނަނީ ނުދެވިފައެވެ. ޛިކުރުތަކުގެ ތެރެއިން މި ޛިކުރް ފާހަގަކޮށް މިލަނީ މީހާގެ ސަލާމަތާއި ރައްކައުތެރިކަން މިޛިކުރާއި ގުޅިފައިވާ މިންވަރު ބޮޑުކަމުންނެވެ. މިޛުކުރު 2 އިރު ކިޔައިގެން މީހާ ހުރިހާ ނުރައްކަލަކުން ސަލާމަތްކުރައްވަވާނެތެވެ. އެއިގެ ތެރޭގައި އެކްސިޑެންޓްވުން ފަދަ ކުއްލިއަކަށް ކުރިމަތިވާ ކަންކަން ވެސް ހިމެނެއެވެ. އިން ޝާ ﷲ

ދާދިފަހުން އަޅުގަނޑުގެ އެކުވެރިއަކަށް ކުޑަވަރެއްގެ ކުޑަ ސްޓްރޯކެއް ޖެހުނެވެ. އޭނާ ބުނީ އޭނާއަކީ މިޛުކްރު ޢާންމުކޮށް ކިޔާ މީހެއް ކަމަށާއި ސްޓްރޯކް ޖެހުނީ ކިޔަން ހަނދާން ނެތުދު ދުވަހެއްގެ ރޭ ކަމަށެވެ. އެކުވެރިޔާ އެބުނާ ބަހުގެ މާނަ އޮޅުވާނުލައި ހެޔޮ މާނަ ނަގާށެވެ. އެބަހުގެ މާނައަކީ އެއްވެސް ޙާލެއްގައި ޛިކުރް ކިޔަން ހަނދާން ނެތުމުން ސްޓްރޯކް ޖެހުމެއް ނޫނެވެ. ފާހަގަ ކުރަންވީ އެކަން އެޖެހުނީ ނުކިޔުނު ދުވަހެއްގައިކަމެވެ. ވީމާ ޤަބޫލުކުރަންވީ ޛީކުރް ކުރުމުން އެފަދަ ބޮޑެތި ނުރައްކާތަކުންވެސް ރައްކައުތެރިކަން ދެއްވަވާ ކަމެވެ.

ޛިކްރް:

بِسْمِ اللهِ الَّذِي لاَ يَضُرُّ مَعَ اسْمِهِ شَىءٌ فِي الأَرْضِ وَلاَ فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيمُ މާބނައީ:

ބިމުގައިވިޔަސް އުޑުގައިވިޔަސް އެއިލާހުގެ ނަންފުޅާއިއެކު އެހެން އެއްވެސް ފަރާތެއްގެ ގެއްލުމެއް ނުލިބޭނޭ ﷲ ގެ ނަންފުޅުން ފަށަމެވެ.

ވީމާ ދުވަސް ފަށަން ހެނދުނު (ފަތިސްނަމާދަށްފަހު) ދެން ޢަޞްރު ނަމާދަށްފަހު މިޛިކްރް ނުކިޔައި ދޫކޮށްނުލާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން