ހައްދުންމަތި މާމެންދޫގައި ކޮވިޑަށް ފައްސިވި މީހުންގެ ޢަދަދު 16 އަށް އަރައިފިއެވެ. މިކަމާއި ގުޅިގެން ކަރަންޓީނުކޮށްފައިވާ ގޭގެ އަދަދުވަނީ 98 އަށް އަރައިފައެވެ.

ރަށު ކައުންސިލުގެ ރައީސް ޙަސަން ރަމީޒް ވިދާޅުވީ ޕޮޒިޓިވް މީހުންގެ ތެރޭގައި މާބަނޑު 2 އަންހެނުންވެސް ހިމެނޭ ކަމަށެވެ. އަދި ޕޮޒިޓިވް މީހުންގެ ތެރޭގައި ހާލު ސީރިއަސް މީހަކު މިވަގުތު ނެތް ކަމަށެވެ.
ޙަސަން ރަމީޒް ވިދާޅުވީ ހެލްތް ސެންޓަރުގައި ހުންނަވާ ޑޮކްޓަރު މިހާލަތުގައިވެސް މިއަދު ބައެއް ގޭގެއަށް ޒިޔާރަތްކުރައްވައި މީހުންގެ ޙާލު ބެއްލެވިކަމަށެވެ.