ރާއްޖޭގަ އިސްލާމް ދީނާ ދެކޮޅަށް މަސައްކަތްކުރާ މީހުންގެ މައްސަލަތައް ބައްލަވަނީ ކޮންއިރަކުންތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ރާއްޖޭގަ އިސްލާމް ދީނާ ދެކޮޅަށް މަސައްކަތްކުރާ މީހުންގެ މައްސަލަތައް ބައްލަވަނީ ކޮންއިރަކުންތޯ؟

މިއަދު މިވާހަކަތައް ބައަކު ހަނދާން ނެތިދާނެއެވެ. ނަމަވެސްމިއީ މުސްލިމުންއެއްގޮތަކަށްވެސް ހަނދާން ނައްތާލައި ހިތްހަމަޖެހިލައިގެން ތިބެވެން އޮތް ކަމެއް ނޫނެވެ. 

އިސްލާމްދީނާއި ދެކޮޅަށްޙަރަކާތްތެރިވާ ބޭރުގެ ޖަމާޢަތަކުން ފައިސާ ހޯދައިގެން އެމްޑީއެންކިޔާ ރާއްޖެއަށް ނިޞްބަތްވާ ޖަމާއަތަކުން 2016 ވަނަ އަހަރު 30 ވަރަކަށް ޞަފްޙާގެ ރިޕޯޓެއް ނެރެ އެރިޕޯޓް 100 އަށްވުރެ ގިނަ ޞަފްޙާތަކަށް 2019 ވަނަ އަހަރު އިތުރުކުރިއެވެ.

އެކަމުގެ މައްސަލަތައް ބަލަންވެސް ފެށިއެވެ. ރާއްޖެއިން ބޭރުގައި ތިބި 2 މީހަކު ރާއްޖެ އަންނަން އެންގި ވާހަކައެއްވެސް ފެތުރުނެވެ. ނަމަވެސް މިއަދާއި ހަމައަށްވެސް އެއްވެސް ޚަބަރެއް ނުލިބެނީ އެޖަމިއްޔާގެ އެއިރުގެ ވެރިންގެ ތެރެއިން ރާއްޖޭގައި ތިބި މީހުންގެ މައްސަލަ ބަލާކަމުގެއެވެ. އެ ޝައިޠޯނީ ރިޕޯޓާއި ގުޅިގެން އެ ރިޕޯޓަށް ތާއީދުކޮށް އެ ރިޕޯޓް ހިމާޔަތްކޮށް އެއީ ހަމަ އިސްލާމް ދީނާއި އެއްވެސް ތަޢާރަޒްވުމެއް ނެތް ރިޕޯޓެއްކަމުގައި ދައްކުވަން ޖަލްސާތަކުގައާއި ފަރުދީ ގޮތުން ވާހަކަ ދެއްކި މީހުންގެ މައްސަލަތަކުގެ އެވެ.

މީސްމީހުންނާއި ގުޅިގެން އެބާވަތުގެ ވާހަކަ ދައްކާ މީހުންގެ މައްސަލަތައް ބަލާކަމުގެ މައުލޫމާތު ފުލުހުން ވަނީ ދާދިފަހުން ވެސް ހާމަކޮށްފައެވެ. ކަންބޮޑުވާން ޖެހެނީ ﷲ ތައާލާ އަށާއި ރަސޫލް(ޞޢވ) އަށް ފުރައްސާރަކޮށް ކީރިތި ޤުރްއާން ދޮގުކޮށް ރިޕޯޓް ނެރުމުން އެކަމާއި ގުޅުން ހުރި މައްސަލަތައް ބެލެމުންދާކަން އެނގެމުން ނުދާތީ އާއި އަޅާ ފިޔަވަޅެއް އެނގެމުން ނުދާތީއެވެ! 

އެމްޑީއެންގެ ރިޕޯޓަކީ ކިހައި ނުބައި އަމަލެއްކަން، ކިހައި ބޮޑު ޖަރީމާއެއްކަން މި ދަރުސް އިން އަޑު އައްސަވައިލައްވާށެވެ! 

ގުޅުންހުރި ވީޑިއޯ: 

މިއަދު އޮންލައިން