ތަޤްވާވެރި، ހެޔޮލަފާ އަންތބަކުދެކެ ފޫހިވާ ޙާލަތުގައިވެސް އޭނާގެ ހިތުގަ ޖެއްސުވުމާ އޭނާއަށް އަޅައިނުލުމަކީ އިންތިހާއަށް ހިތާމަކުރަންޖެހިދާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ތަޤްވާވެރި، ހެޔޮލަފާ އަންތބަކުދެކެ ފޫހިވާ ޙާލަތުގައިވެސް އޭނާގެ ހިތުގަ ޖެއްސުވުމާ އޭނާއަށް އަޅައިނުލުމަކީ އިންތިހާއަށް ހިތާމަކުރަންޖެހިދާނެ ކަމެއް!

މީހުންނަށް ފުރއްސާރަކޮށް މަލާމާތް ކުރަން ނުވާނެ ސަބަބުކަމަށް އެނގެން އޮތް އެއްކަމަކީ އޭނާއަށް ﷲ ތަޢާލާ ރުހިވޮޑިގަންނަވާ މިންވަރު ނުއެނގޭނެ ކަމެވެ. ތަޤްވާވެރި އަނބިންނާއިމެދު ކަންކަން ކުރާއިރުވެސް އެންމެ ބޮޑަށް ވިސްނަންވީއެކަމަށެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި އޭނާގެ ދަރަޖަ އަހުރެމެންނަށް ނުއެނގޭނެތީއެވެ.  

ލޯތްބަކީވެސް ބައެއް ޙާލަތްތަކުގައި ކުޑަވެ އަދި ބޮޑުވާ އެއްޗެކެވެ. ލޯބިގަދަވާ ދުވަސްތަކާއި ލޯބިފަނޑުވާ ދުވަސްތަކެއްވެސް އަންނާނެއެވެ. އެހެރީވެސް ހަމަ ކޮންމެ މީހަކަށްވެސް ކުރިމަތިލާންޖެހޭނެ އިމްތިޙާންތަކެވެ.  

ތިބާ ތިބާގެ ބައިވެރިޔާ ދެކެވާލޯބި ހީނަރުވާ ދުވަސްކޮޅުގައިވެސް އޭނާގެ ޙައްޤުތައް އަދާކުރުމުގައި އިހްމާލްނުވާށެވެ! ކޮށްދޭންޖެހޭ ހުރިހާ ކަމެއްވެސް ކޮށްދެމުންގެންދާށެވެ! އެއީ މިބުނި ސަބަބަށްޓަކައެވެ. އިމްތިޙާނުން ފާސްވުމަށްޓަކައެވެ.

ދެން އޮތީ އިމްތިޙާނުން ފާސްވާންޖެހޭ ސަބަބެވެ. އެސަބަބަކީ އެދުވަސްކޮޅު ތިބާ ތިބާގެ ބައިވެރިޔާދެކެ ވާލޯބި ފަނޑުވިޔަސް އޭނާ އޭނާގެ މިލްކުވެރި އަދި ތިބާގެވެސް މިލްކުވެރި ﷲ ތަޢާލާ ދެކެ ވާލޯބި ފަނޑުވެގެނެއް ނުދެއެވެ. އަދި ކިއެއްތަ؟ އޭނާއަށް ތިބާގެ ކިބައިން ލިބެންޖެހޭ ލޯބި ފަނޑުވާތީ، ލޯބިލިބުން ކުޑަވާތީ އޭނާ ދާނީ ﷲ ތަޢާލާ އާއި ކުއްތަށްވުމަށް އިތުރަށް މަސައްކަތްކުރަމުންނެވެ.  

ﷲ ތަޢާލާ އެކަންކަން ބައްލަވައި ވޮޑިގެންވެއެވެ. ތިބާކުރާ ހުރިހާ ކަމެއްވެސް ބައްލަވައި ވޮޑިގެންވެއެވެ. ވީމާ ތިބާގެ ބައިވެރިޔާއަށް ކޮށްދޭންޖެހޭ ކަންކަމުގައި ތިބާ އިހްމާލުވަމުންދާނަމަ ތިބާއަށް އެކަމަށް ޙައްޤު ޢުޤޫބާތް ތިބާއަށް ދެއްވަވާނެތެވެ. އެކަން އައިސް ތިބާއާއި ބައްދަލުކުރާނީ ކޮން ގޮތަކުންކަން ނުވަތަ ތިބާއަށް ލިބޭނީ ކޮންފަދަ ބޮޑު ދެރައެއްކަން ޚިޔާލަށް ގެންނަންވެސް ނުއެނގޭނެއެވެ. އެނގޭނީ އެކަމެއް ކުރިމަތިވުމުންނެވެ.

 

- ޝައިޚް ޢަބްދުﷲ ގެ ދަރުސަކުން

މިއަދު އޮންލައިން