މާފަންނު ސަމަންދަރުގޭގެ ބަދިގޭގައި އަލިފާނުގެ ހާދިސާ ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާރވިސް (އެފްއެރުއެސް)ގެ ސިފައިން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.
މި ހާދިސާގެ މަޢުލޫމާތު މިއަދު 07:38 ހާއިރު އެފްއާރުއެސްއަށް ލިބުމާއެކު ފަޔަރ ފައިޓަރުންގެ ޓީމެއް ވަނީ އެ ސަރަހައްދަށްގޮސްފައެވެ. އަދި ރޯވީ އުދުންމަތީ ހުރި ތާހުގައެވެ، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއްނުވެއެވެ.