ޤްރްއާނަށްވުރެ ބޮޑަށް އިޙްތިރާމްކުރާ ޤާނޫނެއް، މުސްލިމަކަށް ނޯންނާނެ!: ޝައިޚް ޢަލީ ޒާހިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ޤްރްއާނަށްވުރެ ބޮޑަށް އިޙްތިރާމްކުރާ ޤާނޫނެއް، މުސްލިމަކަށް ނޯންނާނެ!: ޝައިޚް ޢަލީ ޒާހިރު

މުސްލިމުންގެ ދުސްތޫރަކީ ކީރިތި ޤުރްއާންއެވެ. އިތުރު ޤާނޫނު ބޭނުންވާނީ ކީރިތި ޤުރްއާނުގައި އެކަމަކަށް ޙުކުމް ބަޔާން ކުރައްވަވާފައިނުވާ ކަންކަމަށެވެ. މިސާލަކަށް ފިހާރަތައް ހުޅުވައި ލައްޕާނެ ގަޑި، ވެހިކަލް ދުއްވުން، ޢިމާރާތް ކުރުން ފަދަ ކަމަށެވެ. ކީރިތި ޤުރްއާނުގައި އެކަމަކަށް ޙުކުމްފުޅު ބާވައިލައްވަވާފައިވާ އެއްވެސް ކަމަކަށް އިތުރު ޤާނޫނެއް ބޭނުމެއް ނުވާނެއެވެ. އޮތީ ޢަމަލުކުރުމެވެ. 

ނަމަވެސް ކީރިތި ޤުރްއާނުގައި ވަކި ގޮތަކަށް ޙުކުންފުޅު ބާވައިލައްވަވާފައިވާ ކަންކަމުގައިވެސް ބައެއް މީހުން މިހާރަކަށް އައިސް ބުރަވަނީ މީސްތަކުން އަމިއްލައަށް ހަދާފައި ހުރި ޤާނޫނުތަކަށެވެ. އެހެންކަމުން މިބަޔާން ކުރަނީ މިކަމުގައި ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެފައިވާ ބަސްފުޅެކެވެ. 

"އިސްލާމް ދީނަށްވުރެ ބޮޑަށް ލޯބިކުރާ ފިކުރެއް، ރަސޫލް (ޞޢވ) އަށްވުރެ ބޮޑަށް ލޯބިވާ ލީޑަރެއް، ޤްރްއާނަށްވުރެ ބޮޑަށް އިޙްތިރާމްކުރާ ޤާނޫނެއް، މުސްލިމަކަށް ނޯންނާނެ"

- ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް 

ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް މެން ފަދަ ޜާއްޖޭގައި ތިއްބެވި އެންމެ އިސް ދީނީ ޢިލްމުވެރިން މިފަދަ ބަސްފުޅުތައް ވިދާޅުވަމުން ގެންދަވާއިރު ކީރިތި ޤްރުއާނަށް ކަނޑައެޅިގެން ގޮންޖަހައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނުތަކަށް އަމަލުކުރަން މުސްލިމުންނަށް ޖެހޭނެ ކަމާއިމެދު ވިސްނައިލަން ޖެހެއެވެ. 

މިއަދު އޮންލައިން