ފުރިހަމައަށް އީމާން ވެގެންހުރި މީހަކަށް ނުވާނަމަ ރޯދަ ހިފުމުގެ ނަމުގަ ރޯދަ މަހު ނުކައި ތިބުމުގެ ބޭނުމެއް ނެތް: ޝައިޚް ޢަލީ ޒާހިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
ފުރިހަމައަށް އީމާން ވެގެންހުރި މީހަކަށް ނުވާނަމަ ރޯދަ ހިފުމުގެ ނަމުގަ ރޯދަ މަހު ނުކައި ތިބުމުގެ ބޭނުމެއް ނެތް: ޝައިޚް ޢަލީ ޒާހިރު

މިއަދަކީ ޝަޢްބާންމަހުން 3 ވަނަ ދުވަހެވެ. މާދަމާއަކީ 4 ވަނަ ދުވަހެވެ. ދެން ފެށޭނީ މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހެވެ. އެހެންކަމުން ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ކުރަންހުރި ކަންކަން ފުރިހަމަކުރަން ގަދައަޅައި މަސައްކަތްކުރަން މިވަނީ ޖެހިފައެވެ. 

ތިރީގައި މިވަނީ ރޯދަމަހަށް ތައްޔާރުވުމާއި ގުޅޭ ގޮތުން ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ދެއްވާފައިވާ ދަރުސެއްގެ މުހިންމު ނުކުތާތަކެވެ. 

އެންމެ މުހިންމު ކަމަކީ އީމާންކަން ފުރިހަމަކުރުމެވެ. ރޯދަ ހިފޭނީވެސް އީމާންކަން ފުރިހަމަކޮށްގެންނެވެ. އަދި ފުރިހަމައަށް އީމާންވުމަކީ މާތްﷲގެ މަގުގައި ސާބިތުވެ ހުރުމެވެ. ފުރިހަމަ ގޮތުގައި އިމާން ނުވާ މީހުން ކުރާ އެއްވެސް އަމަލެއް މާތްﷲ ޤަބޫލުފުޅު ނުކުރައްވަވާނެ އެވެ. އެހެންކަމުން އެފަދަ މީހުން ރޯދަ ހިފުމުގެ ނަމުގައި ނުކައި ނުބޮއެ ތިބުމަކުން އެއީ ރޯދަހިފުންކަމަށް ނުވާނެއެވެ.

މާތްﷲ ނަހީ ކުރައްވަވާފައި ކަންކަން ކުރަނީ އީމާން ނުވެވޭތީ އެވެ. އެހެންކަމުން ރޯދައަށް ހުރެ މާތްﷲ ނަހީ ކުރެއްވެވި ކަންކަން ކުރާނަމަ ރޯދަ ހިފުމުގެ ނަމުގައި ނުކައި ނުބޮއި ތިބުމުގެ އެއްވެސް ބޭނުމެއް ނެތެވެ. 

ދުނިޔޭގައި ތިބި ބައެއް ބޮޑެތި މަހުޖަނުން ތަފާތު ކަންކަމަށް ބޮޑެތި ހޭދަތައްކޮށް އިންސާނިއްޔަތަށްޓަކައި ހޭދަތައް ކުރެއެވެ. ނަމަވެސް އެކަމުން މިދުނިޔޭގައި އެމީހަކަށް ރީތި ނަމެއް ލިބުނު ނަމަވެސް އާޚިރަތުގައި އެމީހަކަށް އެކަމުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. އެއީ އެމީހާއަކީ މާތް ﷲ އަށް އިމާންވެގެންހުރި މީހަކަށް ނުވާތީ އެވެ. 

ފުރިހަމައަށް އީމާންވެގެން ހުންނަމީހާ މީސްތަކުންގެ ހައްޤުތަކަށް އަރައި ނުގަންނާނެ އެވެ. މީސްތަކުންނަށް އަނިޔާވެރިވެ ގެއްލުމެއް ނުދޭނެ އެވެ. އަދި އެހެން މީހަކަށް އެއްވެސް ގެއްލުމެއް ލިބިދާނެ އެއްވެސް ކަމެއް ނުކުރާނެއެވެ.

ހެޔޮ އަމަލުތައްކޮށް އަކަމުން ސަވާބާއި ދަރުމަ އަދި މާތްﷲގެ ރުއްސެވުން ހޯދަން މަސައްކަތްކުރަން މަސައްކަތްކުރަން ރަމަޟާންމަހަށްވުރެ ވަކިން މުހިންމު މޫސުމެއް ނެތެވެ.  އެކަން މާތް ﷲ ވަނީ ކީރިތި ޤްރްޢާނުގައި ބަޔާންކުރައްވަވާފައެވެ. އެހެންކަމުން ރޯދަ އެއިގެ ފުރިހަމަ ގޮތުގައި ހިފައި އަދި ރޯދައިގެ ސަވާބު އިތުރުވާނެ ހުރިހާ އަމަލުތަކެއް ވިހައި ގިނައިން ކުރަން ރަމަޟާންމަހު ޅާއްޞަ ސަމާލުކަމެއް ދޭންޖެހޭނެ އެވެ. 

- ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސަކުން

މިއަދު އޮންލައިން