ކެންސަރާއި ކޮވިޑްފަދަ ބަލިތަކުން ތިމާ އާ ދަރިން ސަލާމަތްކުރައްވަވައި ދެއްވެވުން އެދި މިދުޢާކުރެއްވުން ގިނަކުރައްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ކެންސަރާއި ކޮވިޑްފަދަ ބަލިތަކުން ތިމާ އާ ދަރިން ސަލާމަތްކުރައްވަވައި ދެއްވެވުން އެދި މިދުޢާކުރެއްވުން ގިނަކުރައްވާ!

 

ކޮންމެ ކަމެއްގައިވެސް މުސްލިމުންގެ އެންމެ ބާރުގަދަ ހަތިޔާރަކީ ދުޢާއެވެ. މުސްލިމުންނަށް އޮތީ ސަބަބުތަކުގައި ހިފަހައްޓައިގެން ތިބެ ދުޢާކުރުމެވެ.

ތިމާމެންގެ ނިކަމެތިކަން ބަޔާންކޮށް މާތް ﷲ ގެ ޙަޟްރަތުން ވާގިއެދުމެވެ. أَعُوذُ بِكَ مِنَ الْبَرَصِ، وَالْجُنُونِ، وَالْجُذَامِ، وَمِنْ سَيِّئِ الأَسْقَامِ ފަރުޟުނަމާދުތަކަށް ރައްކައުތެރިވެލައްވާށެވެ! ސުންނަތް ނަމާދުތައް ކުރެއްވުން ގިނަކުރައްވާށެވެ! ދަމުނަމާދަށް ސަމާލުކަންދެއްވާށެވެ!

ބޭނުންކުރެވެނީ ޙަލާލް ރިޒްޤްކަން ކަށަވަރުކުރައްވާށެވެ! ޢަމަލުތައް ބެހެއްޓެވެނީ މާތް އަންގަވާފައިވާ އިންތަކުގެތެރެއިންކަން ކަށަވަރުކުރައްވާށެވެ! ދުޢާ ޢިޖާބަކުރައްވަވާނެތެވެ! އިން ޝާ ﷲ

 

މިއަދު އޮންލައިން